އައްޒަގެ ދެވީގެ ޓްރެއިލާ އާންމުކޮށްފި، ވަރަށް ދެވި ހިފާނެ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ދެވި ފިލްމުގެ ޕޯސްޓަރެއް
މަޝްހޫރު ޕްރޮޑެކްޝަން ހައުސް ޔާރާ ޕްރޮޑަކްޝަންގެ "ދެވި" ފިލްމުގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ދެވި ފިލްމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދޫކޮށްލި ޓްރެއިލާއިން އެ ފިލްމަކީ ވަރަށް ބިރު ވެރި ފިލްމެއްކަން އެނގިގެންދިޔައެވެ. އެ ފިލްމުގައި ލޯބީގެ ރަހަ ވެސް އެކުލެވޭކަން ޓްރެއިލާއިން އެނގެއެވެ.
އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މަޝްހޫރު ބަތޮލާ މަރިޔަމް އައްޒައެވެ. އައްޒައަކީ ބިރުވެރި ގިނަ ފިލްމުތަކެއް ކުޅެފައިވާ ފަންނާނެކެވެ. އެހެންކަމުން އަނެއްކާވެސް ބިރުވެރި ފިލްމަކުން އައްޒަ މި ފެންނަނީ ގިނަ ދުވަސްތަކަކަށް ފަހުގައެވެ.
އައްޒަގެ އިތުރުން މި ފިލްމުން ދެން ފާހަގަކޮށްލެވޭ އިތުރު ތަރިންނަކީ، މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ކުރިއަރާފައިވާ ފިރިހެން ތަރި ޝަރަފް އަބްދުﷲ އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ހަމްދާން ސަލީމް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ނިމާލް، ރިޝްމީ ރަމީޒް، އާމިރާ، އާމިނަތު ރަޝީދާ، އަހުމަދު ރިޝްވާން، އަހުމަދު އީސަ، އައިޝަތު ރާއިޝާ އަދި މަލީހާ ވަހީދު (މަލް) އެވެ.
އެ ފިލްމަކީ އައްޒަ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އަދި އެ ފިލްމުގެ ޑައިރެކްޓަރަކީ އެކިއެކި ފަންނުތަކުގައި ނަން މަޝްހޫރު ހުސައިން ހާޒިމް (ސޭންޑީ)އެވެ. އެ ފިލްމު ލިޔުނީ ވެސް ސޭންޑީއެވެ.
އެ ފިލްމު އޮލިމްޕަސް ސްކްރީނަށް އަންނަނީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް