ލައިފްސްޓައިލް

މަގޭ ބިޓުގެ ވެޑިންގެ ޓިކެޓު މިއަދު ވިއްކަން ފަށަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މަގޭ ބިޓުގެ ވެޑިންގެ ޓިކެޓު މިއަދު ވިއްކަން ފަށަނީ

މަގޭ ބިޓުގެ ވެޑިންގެ ޕޯސްޓަރު

މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުގެ އައު ފިލްމު “މަގޭ ބިޓުގެ ވެޑިން”ގެ ޓިކެޓު މިއަދު ވިކަން ފަށަންް ތައްޔާރުވެއްޖެއެވެ.

ޑާކްރެއިންއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ފިލްމުގެ ޓިކެޓު މިއަދު ހަވީރު 4:00 އިން ފެށިގެން ނެގޭނެކަމަށެވެ. މީގެ އިތުރުން އެ ޕްރޮޑަކްޝަން ހައުސްއިން ބުނީ ޓިކެޓު ނެގުމަށް 9911229 އަށް ވައިބާއިން މެސެޖެއް ކުރުމުން ޓިކެޓު ލިބޭނެކަމަށެވެ.

މަގޭ ބީޓުގެ ވެޑިން އަކީ ޑާކްރެއިން އެންޓަޓެެއިންމެންޓާ ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓާ ގުޅިގެން އުފައްދާ ފިލްމެކެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ މަޝްހޫރު ޕްރޮޑިއުސާ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުއެވެ.

“މަގޭ ބިޓުގެ ވެޑިން” އިޝްތިހާރު ކުރަމުންދަނީ މިހާތަނަށް ފެންނާނެ އެންމެ “ހަލަބޮލި” ނުވަތަ އެންމެ “ކެއޯޓިކް” ލޯބީގެ މުނިފޫހިފިލުވުމުގެ ގޮތުގައެވެ.

ޑަކްރެއިން އެންޓަޓެއިން،މަންޓުން އާންމުކުރި ޕޯސްޓަރުން ފެންނަގޮތުގައި އެ ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނޭނީ މިހާރު ވިދަމުންއަންނަ ތަރި ޝަރަފް އަބްދުﷲގެ އިތުރުން ފާތިމަތު ރާޔާ އަބްދުﷲއެވެ.

އެ ޕޯސްޓަރުން ފެންނަ އިތުރު ތަރިންގެ ތެރޭގައި ހިމެނެނީ މަގުބޫލު ކޮމެޑިއަން ޝާފިއު އިބްރާހީމް (ފުބޫ)، ތަޖުރިބާކާރު ބަތަލާ ޝީލާ ނަޖީބް، އަދި އަހުމަދު ސައީދުއެވެ.

ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ސިނަމަޓޯގްރަފީ ތައްޔާރުކުރަނީ އަހުމަދު ޒިފާފެވެ. ފިލްމުގެ އެޑިޓިން މަސައްކަތް އަލީ ޝިފާއު (ޗިއްޕެ) ކުރާއިރު، ޕްރޮޑިއުސަރުންގެ ގޮތުގައި އައިޝަތު ފުއާދު، މުހައްމަދު އަލީ އަދި ކައިލީން މުހައްމަދު އަލީ ހަރަކާތްތެރިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް