އަހަރުގެ ފުރަތަމަ ނުވަ މަހު ރާއްޖެ އިން ބޭރަށް ފޮނުވި ޑޮލަރުގެ އަދަދު 2.86 ބިލިއަންގައި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ޑޮލަރުގެ ނޫޓުތަކެއް.
މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އިން ބޭރަށް 2.86 ބިލިއަން އެމެރިކާ ޑޮލަރު ފޮނުވާފައިވާ ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފި އެވެ.
ބީއެމްއެލް އިން އާންމުކޮށްފައިވާ މައުލޫމާތުގަައި ބުނެފައި ވަނީ، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ބޭރަށް ފޮނުވި 2.86 ބިލިއަން އެމެރިކާ ޑޮލަރަކީ، ބޭރަށް ފޮނުވި 373،600 (ތިން ލައްކަ ހަތްދިހަ ތިން ހާސް، ހަ ސަތޭކަ) ރެމިޓަންސް މުއާމަލާތް ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ. އަދި މިއީ 2025 ވަނަ އަަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހާ އަޅާބަލާއިރު 19 އިންސައްތަ އިތުރުވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނެފައި ވަނީ މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި 2.96 ބިލިއަން އެމެރިކާ ޑޮލަރު އެ ބޭންކަށް ވަދެފައިވާ ކަމަށެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ ދުވަސް ދުވަހާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވުމެއް ކަމަށް ބޭންކުން ބުނެ އެވެ. އަދި މިއީ ފަތުރުވެރިކަމުގެ ދާއިރާ އާއި، ބޭންކްއާ ދެމެދު އޮތް ގުޅުން ވަރުގަދަވަމުން އަންނަ ކަމުގެ ރަމްޒެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް