Article Top
ކުޅިވަރު •

ބަކާ، ސާންތި އަދި އިފްރާގެ ހަނދާން އައުކޮށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބަކާ، ސާންތި އަދި އިފްރާގެ ހަނދާން އައުކޮށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފި

ބަކާ، އިފްރާ، ސާންތި

ރޭ ބޭއްވި އެފްއޭއެމް އެވޯޑްސް ނައިޓުގައި، ދާދިފަހުން ނިޔާވި ދިވެހި ފުޓްބޯޅައިގެ ތިން ހިދުމަތްތެރިން ކަމަށްވާ މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި)، ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ކުރީގެ ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ) ގެ އަގުވަޒަންކޮށް "އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް" އަރުވައިފި އެވެ.

ސާންތި އަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބު އެއް ކޯޗެވެ. އެގޮތުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ އިތުރުން 2018 ގައި ސާފް ޗެމްޕިއަންޝިޕް ނެގިއިރު ދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމް ފުރަމުންނެވެ. ޒުވާން ކުޅުންތެރިންނާ އެކު ކްލަބް އީގަލްސް ބިނާކޮށް 2016 ގެ ޕްރެޒިޑެންޓްސް ކަޕް ހޯދައިދިނެވެ. ކެންސަރު ބައްޔާ ހަނގުރާމަކުރަމުންވެސް ފުޓްބޯޅައިގެ މަސައްކަތުގައި ދެމިހުއްޓާ ނިޔާވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.

Advertisement
Article Inside

ބަކާ އަކީ ރާއްޖޭން ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ އިތުރުން ރާއްޖޭގެ ގިނަ ފުރަތަމަ ޑިވިޝަން ކްލަބްތަކަކަށް ކުޅުނު މުހިންމު މިޑްފީލްޑަރެކެވެ. އޭނާ ނިޔާވީ 2024 ގެ ޖޫން މަހު ހައްޖުގެ އަޅުކަމަށްފަހު އެނބުރި އައިސް ބަލިވެގެން ފަރުވާދެމުންދަނިކޮށެވެ.

ގައުމީ 19 އަހަރުން ދަށުގެ ކެޕްޓަންކަން ކުރި އަދި 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ކީޕަރު އިފްރާހް ވަނީ މާޒިޔާ، ނިއު ރޭޑިއަންޓް އަދި ޓީސީ ފަދަ ކްލަބްތަކަށް ކުޅެފަ އެވެ. އޭނާ ނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޓްރޯކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.

އެފްއޭއެމް އެވޯޑްސް ހަފްލާގައި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކޯޗު، ކްލަބް، ކީޕަރު އަދި ރަން ބޫޓުގެ އިތުރުން މުޅިން އަލަށް "އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ" ގެ އެވޯޑުވެސް ދީފައި ވެއެވެ.

މީގެއިތުރުން މި ހަފްލާގައި ވަނީ ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމާއި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ނެގި ޓީމުގެ އަގުވަޒަން ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް