އައިއެސްސީގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ކެމްބޯޑިއާއަށް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އަބްދުއްރަހީމް ކެމްބޯޑިއަށް ފުރައިވަޑައިގަތުމަށް އެއާޕޯޓުގައި -- ފޮޓޯ / މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ކެމްބޯޑިއާގެ ފްނޮމް ޕެންއަށް ފުރާވަޑައިގަންނަވައިފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 28 އަށް ކުރިއަށްދާ 2 ވަނަ އިންޓާ -ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ)ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ކޮންފަރެންސްގައި، އަބްދުއްރަހީމް، ތަނަވަސްކަމަށް ޓަކައި އެއްބައިވަންތަކަން: ބައިނަލްއަގުވާމީ ގާނޫނުތައް ހަރުދަނާ ކުރުމާއި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުލޫއަށް، ވާހަކަފުޅުދައްކަވާނެ އެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުސްތަފާ ހުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަހުމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވަ އެވެ.
އައިއެސްސީއަކީ، ސުލްހައާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ހަމަނުޖެހުންތައް ހައްލު ކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްގީ އާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް