Article Top
ލައިފްސްޓައިލް •

25 އަހަރަށް ފަހު ލީޑުރޯލެއްގެ ގޮތުގައި މޫސަގެ ފުރަތަމަ ފެނިލުން "ކީއްވެ" އިން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

25 އަހަރަށް ފަހު ލީޑުރޯލެއްގެ ގޮތުގައި މޫސަގެ ފުރަތަމަ ފެނިލުން "ކީއްވެ" އިން

ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ރީކޯ މޫސާ މަނިކު.

ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ފަންނާނު މޫސާ މަނިކު (ރީކޯ މޫސަ) ފިލްމެއްގެ ލީޑު ރޯލަކުން ފެންނާނެ ކަމަށް އޭނާ އިއުލާންކޮށްފި އެވެ.

މޫސަ އޭނާގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ ކުރިން އިއުލާންކުރަން ބުނެފައިވާ ކަމަކީ ފިލްމުގެ ވާހަކަ ކަމަށެވެ. އެގޮތުން 25 އަހަރަށް ފަހު، އޭނާ ލީޑުރޯލެއްގެ ގޮތުގައި ކުޅޭ "ކީއްވެ" ފިލްމު މޫސަ ވަނީ އިއުލާންކޮށްފައި އެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

Advertisement
Article Inside

މޫސަ ލީޑުރޯލުން ފެނިގެންދާ ކީއްވެ ޑައިރެކްޓުކޮށްފައި ވަނީ އީޝާ ޝަރީފް އެވެ. އީޝާ ޝަރީފް އަކީ މޫސަ ކުޅުނު "ފަތިސްހަނދުވަރު" ވެސް ޑައިރެކްޓުކުރި ޑައިރެކްޓަރެވެ. މަޝްހޫރު ޑައިރެކްޓަރު އީޝާ ޝަރީފް ވެސް ފިލްމީ މަސައްކަތަށް އެނބުރި އައިސްފައި މި ވަނީ 22 އަހަރަށް ފަހު އެވެ.

މޫސަ އާންމުކޮށްފައިވާ ފިލްމުގެ ޕޯސްޓަރުގައިވާ ގޮތުން، "ކީއްވެ" ފިލްމުގައި މަޝްހޫރު އަންހެން އެކްޓަރު ޝީލާ ނަޖީބު ވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ގިނަ ފިލްމުތަކަކުން ފެނިފައިވާ އަލީ ޝަމީލް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މޫސަ އަކީ ފިލްމީ ދާއިރާގައި ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ، އަދި ކާމިޔާބުި ފަންނާނެކެވެ. ފަހުން ފިލްމީ ދާއިރާގެ މަސައްކަތްތަކާ ދުރުވެ މޫސަ އުޅުނީ ސިޔާސީ މަސައްކަތްތަކުގައި އެވެ. ނަމަވެސް، އަދިވެސް ފިލްމީ ދާއިރާ އަށް ޝައުޤުވެރިކަން އޮންނަކަމަށް، އެކި އެކި އިންޓަވިޔުތަކުގައި މީގެ ކުރިން މޫސަ ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް