މިނިސްޓަރު ދެއްވި ތާރީހަށް، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ އަމަލީ މަސައްކަތް ފަށައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ހުޅުމާލެ ސިންތަޓިކް ޓްރެކްގެ މަސައްކަތް ކުރިއަށް ދަނީ ---
ހުޅުމާލޭ ސިންތަޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އަލުން އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ""އަހާ" ފޯރަމްގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ރާފިއު ވަނީ ހުޅުމާލޭ ސިންތަޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ފަށަން ނިންމައިފައިވާކަން އިއުލާނުކުރައްވައިފައެވެ.
އެ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓަރު ރާފިއު ވިދާޅުވީ ހުޅުމާލެ ސިންތަޓިކް ޓްރެކް އޮތީ މަރާމާތުކޮށްގެން ބޭނުންކުރެވޭވަރަށް ވުރެ ހާލުދެރަކޮށްކަމަށެވެ.
ސަރުކާރުން ގަސްދުކުރަނީ އެ ޓްރެކް މަރާމާތުކުރުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ފެންވަރަށް ފެތޭގޮތަށް އަލުން އެ ޓްރެކް ހެދުމަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މިންގަނޑަށް ފެތޭގޮތަށް ޓްރެކް ހެދުމަށްޓަކައި، މިހާރު އޮތް ސިންތެޓިކް ޓްރެކް އެއްކޮށް ނަގަން ޖެހޭކަމަށެވެ. އެތަނުގައި އަޅާނީ ޕޮލިއުރެތޭން (ޕީއީ) މެޓީރިއަލް ބޭނުންކޮށްގެން އެންމެ ޒަމާނީ ފެންވަރަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އުންމީދުކުރަނީ އެ ޓްރެކުގެ މަސައްކަތް އަންނަ އަހުރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ނިންމައިލުމަށްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް