ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026 ބެޑްމިންޓަން މުބާރާތް އަންނަ ޑިސެމްބަރު މަހު
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިދިޔަ އަހަރުގެ މުބާރާތުގެތެރެއިން -- ފޮޓޯ/ސިޑިބަރި:އިޔާން
މިއަހަރުގެ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން" ބެޑްމިންޓަން މުބާރާތް އަންނަ ޑިސެމްބަރު މަހުގެ 13 އިން 19 އަށް މާލޭ އެކުވެނި ބެޑްމިންޓަން ކޯޓުގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ ނޮވެމްބަރު 25 އެވެ.
ބެޑްމިންޓަން ކްލަބާ ގުޅިގެން އިންތިޒާމުކުރާ މި މުބާރާތަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޔޫތު މިނިސްޓްރީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ހުއްދަޔާއެކު ބާއްވާ މުބާރާތެކެވެ. މީގެ މައިގަނޑު މަގުސަދަކީ ޒުވާން އެތުލީޓުންނަށް ހުނަރު ތަރައްގީކޮށް، މުބާރާތުގެ މާހައުލެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މިދިޔަ އަހަރު ބޭއްވި މީގެ ފުރަތަމަ މުބާރާތުގައި އަށް ގައުމަކުން 347 ކުޅުންތެރިން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ބޭރުގެ 30 އެތުލީޓުން ހިމެނޭއިރު، ޖުމްލަ 733 މެޗު ކުޅެފައި ވެއެވެ. މިއީ ރާއްޖޭގައި ޖޫނިއާ ބެޑްމިންޓަން ކުރިއަރަމުން އަންނަ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މިއަހަރުގެ މުބާރާތުގައި 6 އުމުރުފުރައެއްގެ ކުރިއަށްދާނެ އެވެ. އެއީ، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ އެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން، މި އަހަރުވެސް މުބާރާތުގައި ޕެރަ/ސްޕެޝަލް އޮލިމްޕިކްސް ކެޓެގަރީ ހިމަނާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް