Article Top
ކުޅިވަރު •

ރާއްޖޭގެ މައްޗަށް ކުރިހޯދައި މެލޭޝިއާ ފުރަތަމަ މޮޅު ހޯދައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ރާއްޖޭގެ މައްޗަށް ކުރިހޯދައި މެލޭޝިއާ ފުރަތަމަ މޮޅު ހޯދައިފި

މިއަދު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ލޭޝިޔާގައި ކުރިއަށްދާ އައި.ސީ.ސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔާ ބީ މުބާރާތުގައި މިއަދު ކުޅުނު މެޗުން މެލޭޝިޔާ އަތުން ދިވެހިރާއްޖެ ހަ ވިކެޓުން ބަލިވެއްޖެ އެވެ.

މިއީ މި މުބާރާތް ބާއްވާ ގައުމު ކަމަށްވާ މެލޭޝިޔާއިން ހޯދި ފުރަތަމަ މޮޅެވެ.

Advertisement
Article Inside

މެޗުގެ ޓޮސް ދިމާވެގެން މެލޭޝިޔާއިން ގަސްތުކުރީ ފުރަތަމަ ފީލްޑް ކުރާށެވެ. ދިވެހިރާއްޖެ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑެވެ. ޖަވާބުގައި މެލޭޝިއާ ކުޅެން އަރައި 8.5 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 127 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ.

ރާއްޖޭގެ ބެޓިން ފެށުން ދަށްކޮށް ދިޔައިރު، އެންމެ 46 ލަނޑަށް 4 ކުޅުންތެރިން ވަނީ ނުބައިވެފަ އެވެ. ނަމަވެސް، އިގްބާލް ޝީރާޒް އާއި ޖަޔަމާލް ޔާޕާ އެކުވެގެން ފަސްވަނަ ވަނަ ވިކެޓަށް 51 ރަން އިތުރުކޮށް ޓީމުގެ ޖުމްލަ 97 ލަނޑު ހަމަކޮށްފަ އެވެ. މި އިނިންގްސްގައި އިގްބާލް ވަނީ 36 ބޯޅައިން 4 ހަޔަކާއެކު 47 ލަނޑު ހަދައިފަ އެވެ. މީގެ އިތުރުން ޔޫސުފް އަޒްޔާން 25 ބޯޅައިން 28 ލަނޑު ހެދި އެވެ.

ދެވަނަ އިނިންސްގައި ރާއްޖޭގެ އާދަމް ނާސިފް އުމަރު ވަނީ ހަތަރު އޯވަރުގެ ތެރޭގައި 43 ލަނޑަށް ތިން ވިކެޓް ނަގައިފަ އެވެ.

މި މެޗުން ބަލިވުމުން ރާއްޖެ މިހާރު އޮތީ ކުޅުނު 3 މެޗުން ލިބުނު 2 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގަ އެވެ. މެލޭޝިޔާއިން ފުރަތަމަ މޮޅާއެކު 2 ޕޮއިންޓް ހޯދައި، ރަން ރޭޓުގެ ތަފާތުން ތާވަލުގެ 4 ވަނައަށް ވަނީ ޖެހިލައިފަ އެވެ.

މި ވަގުތު ކުޅުނު ތިން މެޗުން މޮޅުވެގެން އެއްވަނައިގައި ސައުދީ އަރަބިއްޔާ އޮތް އިރު ހޮންގް ކޮންގް އާއި ސިންގަޕޫރު ވެސް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޗައިނާ އަތުން މޮޅުވި އިރު، ދެވަނަ މެޗުން ވަނީ ސިންގަޕޫރާ ވާދަކޮށް ބަލި ވެފަ އެވެ. ރާއްޖޭގެ ހަތަރުވަނަ މެޗުގައި މާދަމާ ނުކުންނާނީ ހޮންގް ކޮންގް އާއެވެ. އަދި ފަހު މެޗުގައި ބުދަ ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް