ޞިއްޙަތު

ކެންސަރަށް ފަރުވާކުރާ ފޭކު އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށްފައިވާތީ، ސަމާލުވާން އެދިއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކެންސަރަށް ފަރުވާކުރާ ފޭކު އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށްފައިވާތީ، ސަމާލުވާން އެދިއްޖެ

އޮޕްޑިވޯ ބްރޭންޑްގެ ނައިވޮލިޔުމަބް

ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގައި ބޭނުން ކުރާ ފޭކް އިންޖެކްޝަނެއް ރާއްޖޭގައި ދައުރުވަމުން އަންނާތީ، އެކަމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.

އެމްއެފްޑީއޭ އިން ބުނެފައި ވަނީ ކެންސަރު ބަލީގެ ފަރުވާ އަށް ބޭނުންވާ ކުރާ އިންޖެކްޝަނެއް ކަމަށްވާ އޮޕްޑިވޯ ބްރޭންޑްގެ ނައިވޮލިޔުމަބް އިންޖެކްޝަންއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ފޭކް އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެއާ އެކު އެމްއެފްޑީއޭ އިން ބުނެފައި ވަނީ، އެ އިންޖެކްޝަން ރާއްޖެ އަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށާއި، އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީ އިން ލިބޭނެ ކަމަށެވެ.

މިދިޔަ މަހު ވެސް ރާއްޖެ އިން ވަނީ ކެންސަރުގެ ބައްޔަށް ބޭނުން ކުރާ އިންޖެކްޝަނެއްގެ ފޭކު ވައްތަރެއް ފެނިފައި އެވެ. އެފަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ އިންޒާރެއް ނެރެފައި އެވެ. ރާއްޖޭގައި ބޭނުން ކުރަމުންދާ ބޭސްތަކުގެ ކޮލިޓީ އާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްއެފްޑީއޭ އިން އަބަދު ވެސް އަންނަނީ އިރުޝާދު ދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް