ވިޔަފާރި

މަނީ އެކްސްޗޭންޖު ކުރާ ތަންތަނުން ބޭންކު ރޭޓުގައި ޑޮލަރު މާރުކުރަން އެދެފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މަނީ އެކްސްޗޭންޖު ކުރާ ތަންތަނުން ބޭންކު ރޭޓުގައި ޑޮލަރު މާރުކުރަން އެދެފި

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މަނީ އެކްސްޗޭންޖު ކުރާ ތަންތަނުން ބޭންކު ރޭޓުގައި ޑޮލަރު މާރުކުރަން އެދެފި

ރާއްޖޭގައި ޑޮލަރު އެކްސްޗޭންޖު ކުރަން ހުއްދަ ދީފައިވާ ތަންތަނުން ޑޮލަރު މާރުކުރާ ނަމަ އެމްއެމްއޭގެ ރޭޓުގައި މާރުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން މިވަގުތު މަސައްކަތްތަކެއް ކުރަމުން އަންނައިރު މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ހުއްދަ ނުނަގައި އަދި ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން ރުފިޔާ މާރުކުރަމުންދާކަން ފާހަގަވަ ކަމަށް ވިދާޅުވެފަ އެވެ.

"އެމްއެމްއޭގެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަމުންމިދާ މައްސަލައިގަ މިހާތަނަށް 7 ތަނެއް ބަލާ އަޅުގަނޑުމެން ވާނެ މައުލޫމާތު އެއްކޮށްފަ. މީގެ އިތުރު ތަންތަންވެސް އަޅުގަނޑުމެން މިދަނީ ބަލަމުން. ހާއްސަކޮށް ގާނޫނާ ގަވާއިދާ ހިލާފަށް ހުއްދަ ނުނަގާ ރާއްޖޭގައި ޑޮލަރު މާރުކުރުމަކީ ޖިނާއީ ކުށެއް. ފަހަރެއްގަ ވަރަށް ގިނަ މީހުންނަށް މީ އާދައިގެ ކަމެއްގެ ގޮތުގައި ބެލިގެން މިކަން ކުރެވިފަ އޮވެދާނެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންވެސް ހިމެނޭ،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން ވަނީ ނޭގިތިބެ ނަމަވެސް ޖިނާއީ މިފަދަ ބޮޑެތި ކުށްތަކަށް އަރައިނުގަތުމަށް އިލްތިމާސްކުރައްވާފަ އެވެ.

"އެ ރޭޓުގައި އެއަށްވުރެ ބޮޑަށް އެކަންކުރާ ނަމަ ތިބޭފުޅުން ވެސް ދަންނަވާ އެ އެކްސްޗޭންޗްތަކަށް ތިބޭފުޅުންނަށް ދެއްވާފަ އޮންނަ ހުއްދައާ ރާއްޖޭގައި ހެދިފަ އޮންނަ ގާނޫނުތަކާ ހިލާފަށޭ ތިކަން ތި ކުރައްވަނީ. އެކަން އެހެން ނުކުރެވޭނެއޭ. އަޅުގަނޑު އެދެނީ އެގިގެންވިޔަސް އަދި ނޭގި ތިބެވެސް ޖިނާއީ މިފަދަ ބޮޑެތި ކުށްތަކަށް އަރައިގެން ނުދޭ. އިހުސާން ވިދާޅުވި އެވެ.

މިކަންކަމުގަ ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންސްޓަރަކްޝަން މަސައްކަތްކުރާ މީހުންގެ އިތުރުން ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުންވެސް ޝާމިލުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ރިސޯޓް ޗެއިނަކުން 9 މަސްތެރޭގައި 4 މިލިޔަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާކަން ފާހަގަވެފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް