އިސްރާއިލަށް ފަންޑުކުރާތީ ބާކްލޭސްގެ ބިއްލޫރިގަނޑަށް ރަތްކުލަ ޖެހި މީހުންނަށް ޓްރަރިޒަމްގެ ދައުވާ ކުރަނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ބާކްލޭސް ބޭންކުގެ ބިއްލޫރި ގަނޑަށް ކުލަ ޖަހައިފައި
އިސްރާއިލަށް ފަންޑުކުރާތީ ބާކްލޭސް ބޭންކުގެ ބިއްލޫރިގަނޑަށް ރަތްކުލައިގެ ސްޕްރޭޖެހި ފަސް މީހަކަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ނިންމައިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުންނަން ފަށައިފިއެވެ.'
އިނގިރޭސި ވިލާތުގެ ބާންލޭގައި އެ ހުންނަ އެ ބޭންކުގެ ބައެއް ބިއްލޫރިތައް ތަޅާލައި އެ ބިއްލޫރިގަނޑަށް އަދި އިމާރާތުގެ ފާރަށް ރަތްކުލައިވެ ސްޕްރޭ ޖަހައިފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ.
ބާކްލޭސް އަކީ ސީދާ ގޮތުން އިސްރާއީލްގެ ދިފާއީ ބާރަށް އެހީތެރިކަން ދޭ ބޭންކެކެވެ. އެ ބޭންކުން ވަނީ 7.6 ބިލިއަން ޑޮލަރުގެ ލޯނު ހަތިޔާރު ގަތުމަށާއި އިސްރާއީލު ދިފާއީ ބާރު އިތުރަށް ވަރުގަދަކުރުމަށް ދީފައެވެ. މީގެ އިތުރުން އެ ބޭންކަކީ އިސްރާއީލުގެ އެންމެ ބޮޑު ޑިފެންސް ޓެކްނޮލޮޖީ ކޮމްޕެނީ އެލްބިޓް ސިސްޓަމްގެ ހިއްސާދާރެއް ވެސް މެެއެވެ. އެލްބިޓް ސިސްޓަމްއަކީ އިސްރާއީލުގެ ދިފާއީ ބާރަށް ޑްރޯންއާޢި ވައިގެ ހަމަލާތައް ދިނައުމަށް ބޭނުންކުރާ އާލާތްތައް އެންމެ ގިނައިން ފޯރުކޮށްދޭ ކުންފުންޏެވެ.
އެހެންކަމުން އެ ބާކްލޭސް ބޭންކަކީ މައުސޫމު އެތައް ބައެއްގެ ފުރާނަ ދުއްވާލަން އިހީވެދޭ ބޭންކެއްކަމަށް ބުނެ ފަސް މީހަކު އެ ބޭންކުގެ ބިއްލޫރިތަކަށް ގެއްލުންދީ ކުލަ ޖެހީއެވެ. އެކަމުގެ ސަބަބުން އެ ބޭންކަށް ގެއްލުންވީ އެންމެ ތިން ލައްކަ ޑޮލަރެވެ.
އެކަމުގައި ޝާމިލުވެފައިވަނީ ތިން އަންހެނުންނާ ދެ ފިރިހެނުންނެވެ.
އެ ފަސް މީހުންގެ މައްސަލަ އެންމެ ބޮޑަށް މީހުންގެ ސަމާލުކަމަށް އައީ އެ މީހުންގެ މައްސަލައިގައި އިނގިރޭސި ޕްރެސްޓަން ކްރައުން ކޯޓުން އެ މީހުންނަކީ ޓެެރަރިސްޓުންކަމަށް ނިންމައި އެ މީހުންނަށްް ޓެރެރިޒަމްގެ ދައުވާ އުފުލުމަށް މަސައްކަތްކުރަމުންދާތީއެވެ.
އެ މީހުންނަށް ދައުވާކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައެވެ.
ކޯޓު މަރުހަލައިގައި ދައުވާ ލިބޭ ފަރާތްތަކަށް ވެސް އަދި ވަކީލަށް ވެސް އެ މީހުންގެ މައްސަލަ ޓެރަރިޒަމްއާ ގުޅޭ މައްސަލައެއްގެ ގޮތުގައި ބަލާކަމުގެ އިޝާރާތެއް ވެސް ދީފައެއް ނުވެއެވެ. ގަޒީ އަދި އެ ކޯޓުން ވެސް ބޭނުންވަނީ އެ މީހުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ޓެރަރިޒަމްގެ ދައުދާ އުފުލުމަށެވެ.
އެ ދައުވާ އެ މީހުންގެ މައްޗަށް އުފުލައިފިނަމަ 4 އަހަރާއި 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެ މީހުންގެ މައްޗަށް އަންނާނެކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ ދައުވާ އުފުލައިފިނަމަ ޕެރޯލްގެ ދަށުން މިނިވަންކުރުމަށް ވެސް ހުރަސް އެޅޭނެއެވެ. އަދި ޖަލު ހުކުމުން މިނިވަން ވި ނަމަވެސް 15 އަހަރު ވަންދެން އެ މީހުންގެ އުޅުމާއި އެހެނިހެން ކަންކަން ފުލުހުން ވަރަށް ކައިރިން މޮނީޓާ ކުރާނެއެވެ. އެގޮތުން ދަތުރުކުރާއިރު ފުލުހުންނަށް އެންގުމާއި، ފޯނު ނަންބަރާއި އުޅޭ އެޑްރެސް ފުލުހުންނަށް އަންގެން ޖެހޭނެއެވެ. އަދި ބޭންކް އެކައުންޓުގެ މައުލޫމާތުގެ ވެސް ފުލުހުން މޮނީޓާ ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް