ދުނިޔެ

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ބެސެންޓުގެ ވަރުގަދަ އިންޒާރު ތަކެއް އީރާން އަށް!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ބެސެންޓުގެ ވަރުގަދަ އިންޒާރު ތަކެއް އީރާން އަށް!

އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އެޅުމާއެކު، އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ ވަރުގަދަ އިންޒާރުތަކެއް އީރާން އަށް ދީފި އެވެ.

"އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އެމެރިކާ އިން އީރާންއާ ދެކޮޅަށް އައު ފިޔަވަޅުތަކެއް އަޅާފައި ވަނީ، އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އަށް ހަ މަސް ދުވަސްވާން ކައިރިވެފައި ވަނިކޮށެވެ. މިއީ އީރާންއާ ދެކޮޅަށް މާލީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ ގޮތުން އެމެރިކާ އިން އަޅާފައިވާ ފިޔަވަޅު ތަކެކެވެ. މި ފިޔަވަޅު ތަކުގެ ދަށުން އީރާން އަށް އެހީތެރިކަން ދޭ ޤައުމު ތަކަށް ވެސް އެމެެރިކާ އިން ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.

އީރާންއާ ދެކޮޅަށް އަޅާފައިވާ އައު ފިޔަވަޅުތަކާ ގުޅޭ ގޮތުން ބެސެންޓް ވިދާޅުވީ، އެއީ އިޤްތިޞާދީ ގޮތުން އީރާންގެ ހިސާބު ބެލުމުގެ ޤިޔާމަތް ދުވަސް ކަމަށެވެ. އެއާ އެކު އެމެރިކާާގެ ބާރުވެރިކަން އީރާން އަށް ދައްކާލާނެ ކަމަށާއި، އެ ފިޔަވަޅުތައް އެޅުމުގެ މައިގަނޑު މަޤުސަދަކީ ވެސް އެމެރިކާގެ ބާރުވެރިކަން ދައްކާލުން ކަމަށެވެ. އެމެރިކާ އިން ބޭނުން ވަނީ އީރާން އަށް އެކަން އިޙުސާސް ކުރުވަން ކަމަށް ވެސް ބެސެންޓް ވިދާޅުވެފައިވެ އެވެ.

ފުލުފުލުގައި އީރާން އަށް ވަރުގަދަ އިންޒާރުތަކެއް ދެއްވަމުން ބެސެންޓް ވަނީ، އީރާން ކުޑަ ކަކޫ މައްޗަށް ތިރި ކުރާނެ ކަމަށް ވިދާޅުވެފައި އެވެ. އެމެރިކާގެ ފިޔަވަޅުތަކަކީ އީރާން އަށް އިތުރު އެހެން އެއްވެސް އޮޕްޝަނެއް އޮންނާނެ ކަމެއް ނޫން ކަަމަށް ފާހަގަ ކުރައްވައި ބެސެންޓް ވިދާޅުވީ، އީރާންގެ ކަރު ފިއްތާލާނެ ކަމަށެވެ. އީރާން ނޭވާ ހޮޅި އަށް އަޅުވައިގެން ވެސް، އެމެރިކާ އިން ހާސިލު ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރާނެ ކަމަށް ބެސެންޓްގެ ވާހަކައިގައި ވިދާޅުވި އެވެ.

އެމެރިކާ އާއި އިސްރާއީލް އިސްވެ އޮވެ އީރާން އަށް ހަމަލާދީ ހަނގުރާމަ ފަށާފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ފަހު ކޮޅު އެވެ. އޭގެ ފަހުން އީރާން އިން އަންނަނީ ރައްދުގައި އެމެރިކާ އާއި އިސްރާއީލްގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް