Article Top
ޚަބަރު •

ސިޔާސަތަކީ ރާއްޖެ އަކީ މިނިވަން މުސްތަޤިއްލު، އަދި ފަޚުރުވެރި ޤައުމަކަށް ހެދުން: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސިޔާސަތަކީ ރާއްޖެ އަކީ މިނިވަން މުސްތަޤިއްލު، އަދި ފަޚުރުވެރި ޤައުމަކަށް ހެދުން: ރައީސް މުޢިއްޒު

ނޭޝަން ޗެޓް ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރަައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

އަދުގެ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެ އަކީ މިނިވަން މުސްތަޤިއްލު ޤައުމަކަށް ހެދުމާ އެކު، ފަޚުރުވެރި ޤައުމަކަށް ހެދުން ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހާއި، ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ ނެޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖެ އަކީ ވަކި އަތަކަށް ނުޖެހޭ، ހުރިހާ ޤައުމުތަކާ އެކު ގުޅުން ބާއްވާނެ ޤައުމެއް ކަމަށެވެ. ޚާއްސަކޮށް އިސްލާމީ އުންމަތުގެ ޤައުމުތަކާ އެކު ރާއްޖެ އިން ގާތް ގުޅުމެއް ބާއްވާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އިސްލާމީ އަދި އަޚުވަންތަ ގުޅުމަކީ ކެނޑިގެން ދާނެ ގުޅުމެއް ނޫން ކަމަށެވެ.

Advertisement
Article Inside

މީގެ ކުރީގެ ސަރުކާރުން ވަކި ޤައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެކަން ބަދަލު ކޮށްފައިވާ ކަމަށެވެ. މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ރާއްޖެ އަކީ މިނިވަން މުސްތަަޤިއްލު އަދި ފަޚުރުވެރި ސިޔާސަތެއް އޮތް ޤައުމަކަށް ހެދުން ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ދާދި ފަހުން ޕާކިސްތާން އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އިޝާރާތް ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެއީ ރާއްޖެ އަށް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެ މެދުގައި ގިނަ ކަންތައްތަކެއް މަޝްވަރާ ކުރެވިފައިވާ ކަމަށާއި، އެއީ އިޤްތިޞާދީ ގޮތުން ވެސް ރާއްޖެ އަށް ފައިދާ ވާނެ ދަތުރުފުޅެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ޕާކިސްތާން އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އިދިކޮޅު ފަރާތްތަކުން ދައްކަމުން އައި ވާހަކަ ތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ އިން ދެ ޤައުމެއްގެ ދެ މެދުގައި އޮތް މައްސަލަ ތަކެއްގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެ އިން މަސައްކަތް ކުރާނީ ރާއްޖެ އަށް ފައިދާ ހުރި ކަންކަން ހާސިލު ކުރުން ކަމަށާއި، ކޮންމެ ޤައުމަކާ އެކު ވެސް ރާއްޖެ އިން ބާއްވާނީ ހަމަހަމަ އަދި ރަނގަޅު ގުޅުމެއް ކަމަށެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ރައީސް މުޢިއްޒު އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި ޕާކިސްތާން އާއި ރާއްޖެއާ ދެމެދު ވަނީ 20 އެމްއޯޔޫއެއްގައި ސޮއި ކޮށްފައި އެވެ. އަދި ދެ ޤައުމުގެ ދެ މެދުގައި ވައިގެ މަގުންނާއި، ކަނޑު މަގުން ދަތުރުފަތުރު ގުޅާލުމަށް ވެސް ވަނީ މަޝްވަރާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް