Article Top
ޚަބަރު •

ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026 ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026 ފަށައިފި

ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026 ގެ ތެރެއިން.

އިސްލާމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ ޙައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ރަސްމީކޮށް ފަށައިފި އެވެ.

މި ކޮންފަރެންސް ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސައުދީ އަރަބިއްޔާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އެވެ.

ޙައްޖު އުމްރާ ކޮންފަރެންސް އަކީ ރާއްޖޭގައި މި ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާ އާއި ގުޅޭ މުހިންމު ކަންކަމާ މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހިއްސާކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ބާއްވާ ތިން ވަނަ ކޮންފަރެންސް އެވެ.

މިއަހަރުގެ ކޮންފަރެންސް އާއެކު ވެސް އުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.

މި އެގްޒިބިޝަން ކުރިއަށް ދާނީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު 15:45 އިން މަޣްރިބް ނަމާދު ވަގުތާ ހަމައަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެވެ.

މިއަހަރުގެ ޙައްޖު އުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި ވެސް މުހިންމު މަޢުޟޫއު ތަކަކަށް ޕެނަލް ޑިސްކަޝަންސް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ. މީގެ އިތުރުން މި ދާއިރާއާ ގުޅޭ އެކި ކުންފުނިތަކުގެ ޕްރެޒެންޓޭޝަން ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް