Article Top
ކުޅިވަރު •

ހޭންޑްބޯޅަ މޯލްޑިވްސްގެ އޮފީހުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ހޭންޑްބޯޅަ މޯލްޑިވްސްގެ އޮފީހުގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް

ހޭންޑްބޯޅް މޯލްޑިވްސް އޮފީހުގެ އަލިފާންގަނޑު ނިއްވާލާފައި -- ފޮޓޯ/ އެމްއެންޑީއެފް

ހޭންޑްބޯޅަ މޯލްޑިވްސްގެ އޮފީސް ހިންގާ އިމާރާތުގައި މިއަދު ހެނދުނު އަލިފާން ރޯވެ، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 6:05 ހާއިރުއެވެ.

ހަބަރު ލިބުމާއެކު މާލެ ފަޔާ ސްޓޭޝަނުގެ ސިފައިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، 6:21 ހާއިރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލައިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ، އަލިފާން ރޯވާން މެދުވެރިވީ އޮފީހުގައި ހުރި އޭސީއެއް ކަރަންޓު ޝޯޓުވެގެން ކަމަށެވެ. އަދި އަލިފާނުގެ ސަބަބުން އެ އެސޯސިއޭޝަނުގެ އިދާރީ މަސައްކަތްތަކަށް ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި މުހިންމު ލިޔެކިޔުންތަކަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް