Article Top
ކުޅިވަރު •

ކާސް އިން ނިންމީ އެފްރިކަން ކަޕްގެ ޗެމްޕިއަން ތަށި އަލުން ސެނެގާލަށް ދޭން

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ކާސް އިން ނިންމީ އެފްރިކަން ކަޕްގެ ޗެމްޕިއަން ތަށި އަލުން ސެނެގާލަށް ދޭން

އެފްކޮން ފައިނަލަށް ފަހު ސެނެގާލްގެ ކެޕްޓަން ސަޑިއޯ މާނޭ -- ފޮޓޯ/ ގެޓީ އިމޭޖަސް

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަން ތަށި ސެނެގާލް އަތުން އަތުލައި މޮރޮކޯއަށް ދިނުމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމި ނިންމުން، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ބާތިލްކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހު ކުޅުނު ފައިނަލް މެޗުން މޮރޮކޯ 1-0 އިން ބަލިކޮށް ސެނެގާލުން ތަށި ހޯދި ނަމަވެސް، އޭގެ 57 ދުވަސް ފަހުން ކާފްގެ އެޕީލް ކޮމިޓީން ވަނީ މޮރޮކޯއަކީ ޗެމްޕިއަން ކަމަށް ކަނޑައަޅައިފަ އެވެ. އެއީ މެޗު ނުނިމެނިސް ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބުމުން މެޗު ފޯފެއިޓްވީ ކަމަށް ބަލައި، 3-0 އިން މޮރޮކޯ މޮޅުވީ ކަމަށް ނިންމައިގެންނެވެ.

ނަމަވެސް ސެނެގާލުން ހުށަހެޅި އިސްތިއުނާފު ބެލުމަށްފަހު ކާސްއިން ނިންމީ، ކާފްގެ ނިންމުމަކީ ދަނޑުމަތީގައި ހިނގައިދިޔަ ކަންތައްތަކަށް ފުރިހަމައަށް ބެލުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މުބާރާތުގެ ޗެމްޕިއަނުންނަކީ ސެނެގާލް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ފައިނަލް މެޗުގެ އިތުރު ވަގުތުގައި މޮރޮކޯއަށް ލިބުނު ޕެނަލްޓީއަކާ ގުޅިގެން ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބުމުން 17 މިނިޓަށް މެޗު މެދުކެނޑުނެވެ.

އަލުން މެޗު ފެށުމުން މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަލްޓީ ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ މަތަކުރިއިރު، ސެނެގާލް މޮޅުވި ލަނޑު އިތުރު ވަގުތުގައި ޖެހީ ޕާޕޭ ގޭއި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް