Article Top
ކުޅިވަރު •

ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ޝަހާ އަށް!

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަން ޝަހާ އަށް!

ޝަހާ ޝާމިން -- ފޮޓޯ/އަދަދު

ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަންކަން އައިމިނަތު ޝަހާ ޝާމިން އާ ހަވާލުކޮށްފި އެވެ.

ކުރީގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ ބަދަލުގައި ޝަހާއަށް ކެޕްޓަންކަން ދިންކަން ހާމަކުރައްވައި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއީ ހައްވަގެ ކުޅުން ދަށްވެގެން ގެނައި ބަދަލެއް ނޫން ކަމަށާއި، މިއީ ޒުވާން ކުޅުންތެރިންނަށް ލީޑަޝިޕްގެ ފުރުސަތު ދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

އދ. ދިއްދޫއަށް އުފަން ޝަހާ ވޮލީގައި ވިދާލީ އަހުމަދިއްޔާ ސްކޫލުގެ އިންޓަ ސްކޫލް މުބާރާތްތަކުންނެވެ. އެއަށްފަހު ކާވާ މުބާރާތްތަކުގައި ގައުމީ ޓީމަށް މޮޅު ކުޅުމެއް ދައްކައި، 2018 ވަނަ އަހަރުގެ "މިހާރު އެވޯޑްސް" ގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ޝަހާ، ސީނިއާ ކެރިއަރުގައި ކުޅުނީ ކްލަބް ވެމްކޯ އަދި ޕޮލިސް ކްލަބަށެވެ. އެންމެ ފަހުން ބޭއްވި އެސޯސިއޭޝަން ކަޕުގައި ޕޮލިސް ކްލަބްގެ ކެޕްޓަންކަން ވެސް ކުރީ ޝަހާއެވެ.

ޝަހާގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ޓީމުން ދެން ނުކުންނާނީ ސައުތު އޭޝިއަން ގޭމްސްއަށެވެ. މި މުބާރާތަށް ޓީމުގެ ފަރިތަކުރުންތައް ވަނީ ފަށައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް