Article Top
ކުޅިވަރު •

ނިއު ރޭޑިއަންޓް ތަށްޓާ ފިޔަވަޅަކާ ގާތަށް

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ނިއު ރޭޑިއަންޓް ތަށްޓާ ފިޔަވަޅަކާ ގާތަށް

ނިއުގެ ކުޅުންތެރިން ގޯލެއް ޖެހުމަށްފަހު -- ފޮޓޯ/އެފްއޭއެމް

އެފްއޭއެމް ވިމަންސް ލީގު 2026 ގައި އިއްޔެ ހަވީރު ކުޅުނު މެޗުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.

ހެންވޭރު ބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ހޯދި ބޮޑު މޮޅާއެކު، ނިއު ރޭޑިއަންޓް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކު 12 ޕޮއިންޓް ހޯދައިގެންނެވެ.

މުޅި މެޗުގައި ވެސް ނިއު ރޭޑިއަންޓްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ 18 ވަނަ މިނިޓްގައި ބިދޭސީ ފޯވާޑް ސަބީނާ ކަތުން އެވެ. އޭގެ ފަސް މިނިޓް ފަހުން މަރްޔަމް ނޫރާ ނިއުއަށް ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަބީނާ އާއި ނީޝާ ސަމީރު ވަނީ އިތުރު ދެ ގޯލު ޖަހައި ހަތަރު ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ.

ދެވަނަ ހާފު ފެށިގެން ވަރަށް ކުރީކޮޅު މަސުރާ ޕަރުވިން ވަނީ ކައިރިކައިރީގައި ދެ ލަނޑު ޖަހައި ނިއުގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ 44 ވަނަ މިނިޓްގައި ސުމައްޔާ ނިއުގެ ހަތްވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، 50 ވަނަ މިނިޓްގައި ސަބީނާ ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގައި ނިއުއިން ޖެހި ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު އަފްޒާ އާއި ނީޝާ އެވެ.

ނިއު ރޭޑިއަންޓަށް ލީގުގައި ދެން ބާކީ އޮތީ އެންމެ ދެ މެޗެވެ. އެއީ މި މަހުގެ 29 ވަނަ ދުވަހު އެމްއެސް މޭޓްސްއާ ދެކޮޅަށް ކުޅޭ މެޗާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް