އައްޑޫގައި ދޭ ހިދުމަތްތައް ފުރިހަމަކުރުމަށް ސްޓެލްކޯގެ އެމްޑީ ކައުންސިލްތަކާ ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
ސްޓެލްކޯގެ އިސްވެރިން އައްޑުއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން ---
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އައްޑޫ ސިޓީގައި ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އެ ސިޓީގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފިއެވެ.
މި ދަތުރުފުޅަކީ ސްޓެލްކޯގެ އިސް ވެރިންނާއެކު އެ ކުންފުނީގެ އެމްޑީ ޑރ. އަޒުވަރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ހާއްސަ ދަތުރުފުޅެކެވެ.
އެ ދަތުރުގެ މައިގަނޑު މަޤްސަދަކީ އެ ސިޓީގައި ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ގާތުން ބައްލަވައިލެއްވުމާއި، ކައުންސިލްތަކާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރުމެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމްޑީ ޑރ. އަޒުވަރާއި ސްޓެލްކޯގެ އިސް ވަފުދު ވަނީ މިއަދު އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫއަށް ވަޑައިގެންފައެވެ. އަދި އެ ދެ ރަށުގެ ކައުންސިލް އިދާރާތަކަށް ޒިޔާރަތްކުރައްވައި، ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލާ ވަކިވަކިން ބައްދަލުކުރައްވާފައިވެއެވެ.
މި ބައްދަލުވުންތަކުގައި، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ މިހާރުގެ ހާލަތާއި، އެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
ސްޓެލްކޯގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހުރި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް