Article Top
ޚަބަރު •

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ފަހު ދައުރު ޑިސެމްބަރު 15 އަށް އިތުރު ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ފަހު ދައުރު ޑިސެމްބަރު 15 އަށް އިތުރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.

މުހިންމު ބިލުތަކެއްގެ މަސައްކަތް ނިންމަން ހުރުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު އިތުރު ކުރަން ފާސްކޮށްފި އެވެ.

މީގެ ކުރިން އޮތީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށް ނިންމާ ގޮތަށެވެ. އެހެން ނަމަވެސް، މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމި ހުރުމާ އެކު، މަޖިލީހުގެ ދައުރު ވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހަށް އިތުރު ކޮށްފައި އެވެެ. އެހެންކަމުން، އަހަރުގެ ފަހު ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީ އަށް ދާނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.

މަޖިލީހުގެ މި ހިނގާ ދައުރު އިތުރު ކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައި ވަނީ 43 މެމްބަރުންނެވެ. ނަމަވެސް، 11 މެމްބަރަކު ވަނީ މަޖިލީހުގެ މި ހިނގާ ދައުރު އިތުރު ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދީފައި އެވެ. އެއީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ 11 މެމްބަރުންނެވެ.

މަޖިލީހުގެ ދައުރު އިތުރު ކުރުމަށް ނިންމާފައިވާއިރު، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް އާއި، މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލު ހިމެނެ އެވެ. އަބަދު ވެސް މަޖިލީހުން ކުރަން ހުރި މުހިންމު މަސައްކަތްތައް ނުނިމޭ ނަމަ، ދައުރު އިތުރު ކުރެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް