Article Top
ޚަބަރު •

ފޭސް 2 ގައި، 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ބިން ހަމަޖެހިއްޖެ: މިނިސްޓަރު ޤީލާ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފޭސް 2 ގައި، 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ބިން ހަމަޖެހިއްޖެ: މިނިސްޓަރު ޤީލާ

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޤީލާ ވާހަކަ ދައްކަވަނީ.

ހުޅުމާލޭ ފޭސް ދޭއްގައި މަލްޓި ސްޕެޝާލިޓީ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާ ކަމަށް، ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ފޭސް ދޭއްގައި ޤާއިމު ކުރާ އެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެ ހޮސްޕިޓަލް އަކީ 500 އެނދުގެ ޚިދުމަތް ދޭ ޓާޝަރީ ހޮސްޕިޓަލެއް ކަމަށާއި، އެ މަޝްރޫއު އަށް އިކޮނޮމިކް ކައުންސިލް އިން ހުއްދަ ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

"ހުޅުމާލޭ ފޭސް ދޭއްގައި މަލްޓި ސްޕެޝާލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފައި. މިއީ ފަސް ސަތޭކަ އެނދުމުގެ ޚިދުމަތްދޭ މަރުކަޒެއް. އަދި މި މަޝްރޫއު އަށް މިހާރު ވަނީ އިކޮނޮމިކް ކައުންސިލް އިން ހުއްދަ ވެސް ދެއްވާފައި،" ހެލްތު މިނިސްޓަރު ޤީލާ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ގެންދަމުން އަންނަނީ، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ކަަމަށް ވެސް މިނިސްޓަރު ޤީލާ ވަނީ ވިދާޅުވެފައި އެވެ. އެގޮތުން ޓެކްނިކަލް ރިކުއާމަންޓްސް ކަނޑަ އެޅުމާއި، ޚިދުމަތްތައް ޕްލޭން ކުރުމާއި، އިންޖިނިއަރިންގެ ފަރުމާތައް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ޤީލާ ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމު ކުރާ އެ ހޮސްޕިޓަލް އިން އަންހެނުންނާއި ކުޑަ ކުދިންގެ ޚާއްސަ ފަރުވާ ތަކާއި، ކެންސަރު ބަލީގެ ފަރުވާގެ އިތުރުން، ސުޕަ ސްޕެޝަލިސްޓު ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް