Article Top
ޚަބަރު •

ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

ރޭޕް ކޭސްއާ ގުޅިގެން ހައްޔަރުކުރި 9 މީހުން -- ފޮޓޯ/ ފުލުހުން

ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަ ކުދިންތަކެއް ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކޭސްގައި ހައްޔަރުކޮށްފައިވަނީ 9 މީހުންކަމަށެވެ.

Advertisement
Article Inside

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

  1. މުހައްމަދު މައިސަން ޝިޔާޒު - 21އ

  2. އަހްމަދު އިފްތިޝާމް ޒަރީރު - 24އ

  3. ނަޖުމުﷲ ޙަސަން - 35އ

  4. މުހައްމަދު މިޝަލް އަހުމަދު ޒުހައިރު - 20އ

  5. މުހައްމަދު ސާލިހު އަހުމަދު - 26އ

  6. އަހުމަދު ނޫހު ނިޔާޒު - 20އ

  7. އަލީ ހުޒާމް ސައީދު - 31އ

  8. އާޒިމް މުފީދު - 24އ

  9. އަހުމަދު ސާނިޖު ސާދިގު - 32އ

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ސާލިހު، މުހައްމަދު މިޝަލް، ނަޖުމުﷲ ހަސަން ގެ އިތުރުން އަހުމަދު ނޫހު ނިޔާޒު، 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.

މީގެއިތުރުން މުހައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް އަދި އާޒިމް މުފީދު 15 ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ސާނިޖު ސާދިގު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަހުމަދު އިފްތިޝާމް ޒަރީރުއާއި އަލީ ހުޒާމް ސައީދު ވަނީ 90 ދުވަހަށް ބަންދުކުރުމަށް އިމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

ދެކުނުގެ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އަންގާރަ ދުވަހެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ދެވެން ހުރި މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް