Article Top
ޚަބަރު •

އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފި

އައިއައިސީއޭގެ ފުރަތަމަ އަހަރީ ފޯރަމްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ ބައިވެރިވެ ވަޑައިގަންނަވަނީ.

ދެކުނު ކޮރެއާގެ އިންޗިއޮންގައި ބޭއްވި އިންޓަނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމްގައި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްގެ ކުށްތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކު ރުމަށް އެކުލަވާލި އައިއައިސީއޭ ރިޒޮލިއުޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފި އެވެ.

ކޮރެއަން ނޭޝަނަލް ޕޮލިސް އެޖެންސީ އިން އިންތިޒާމު ކޮށްގެން 2026 އޮކްޓޫބަރު 21 އިން 23 އަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެ ވަޑައިގެން، މި ރިޒޮލިއުޝަންގައި ސޮއި ކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢާޞިމް ޢަބްދުﷲ އެވެ.

Advertisement
Article Inside

މި ފޯރަމަކީ ބައިނަލްއަޤުވާމީ ބައިވެރިންގެ ތަޖުރިބާ ހިއްސާކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޭއްވި ފޯރަމެކެވެ.

މި ރިޒޮލިއުޝަންގައި ސޮއި ކުރުމަކީ، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތަކާއި ސްކޭމް ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކޮށް، ގުޅިގެން ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.

އިންޓަޕޯލް އާއި، އާސިއާނަޕޯލް އަދި 9 ޤައުމަކުން އިސްނަގައިގެން 2025 އޮކްޓޫބަރު 23 ގައި ސޯލްގައި ޤާއިމުކުރި އައިއައިސީއޭ އަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ރާވައިގެން ހިންގާ ސްކޭމް ކޮމްޕައުންޑު ތަކުން ވަކިވަކި ފަރުދުންނާއި މުޖުތަމައުތަކުގެ އިޤްތިޞާދަށް ދޭ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުފެއްދި ހާއްސަ އިއްތިހާދެކެވެ.

މެންބަރު ޤައުމުތަކުން ފާސްކުރި މި ރިޒޮލިއުޝަން އަކީ އައިއައިސީއޭގެ ދާއިމީ ޤަވާއިދުތަކާއި އޮނިގަނޑު އެކުލަވާލެވެންދެން، މެންބަރު ޤައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި، އިންސާފުވެރި އަދި ނަތީޖާ ނެރެވޭނެ ގޮތަށް ތަހުގީގު ތަކުގެ މައުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތް ކުރުމުގެ އުސޫލުތައް ކަނޑައަޅައި ބަޔާންކުރާ ރިޒޮލިއުޝަން އެކެވެ.

މީގެ އިތުރުން، އިންޓަޕޯލްގެ ޖެނެރަލް އެސެމްބްލީ އާއި އާސިއާނަޕޯލް ކޮންފަރެންސްގައި ފާސްކޮށްފައިވާ ނިންމުންތަކާއެކު، ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާ ދެކޮޅަށް މި އެލަޔަންސް މެދުވެރިކޮށް ހިންގާ އޮޕަރޭޝަންތަކަށް ވަނީ ޤާނޫނީ ހައިސިއްޔަތު ލިބިގެން ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް