ރައްޔިތުންނަށް އަމިއްލަ ބާރުވެރިކަން ހޯދަން މަގުފަހި ކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އުފެއްދުންތަަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ރައްޔިތުންނަށް އަމިއްލަ ބާރުވެރިކަން ހޯދަން މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އުފެއްދުންތަަކަށް އިނާމު ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ ބާސެލޯގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގަ އެވެ.
އެގޮތުން ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ބޭނުންވާ ލުއިތަކެއް ސަރުކާރުން ދިނުމާ އެކު، އެ ދާއިރާ އަށް ވަންނަން ބޭނުންވާ ފަރާތްތައް ގިނަވެ، އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ، އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި، އާމްދަނީ އިތުރު ކުރުމުގައި ހުރި ހުރަސްތައް ކުޑަ ކުރެވި، އަދި ޖީބަށް ލެވޭ އާމްދަނީ ނުވަތަ ޕްރޮފިޓް އިތުރު ވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ބޭނުންވަނީ އެކަހަލަ ކަންކަން މަގު ފަހި ކޮށްދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަަކަށް ކުރިއަށް ދެވޭނެ ގޮތެއް މަގުފަހި ކޮށްދޭން ކަމަށެވެ. އަދި އާންމު ރައްޔިތުންެ ތެރެއިން ވީހާ ވެސް ގިނަ ރައްޔިތުން ކުދި ވިޔަފާރި، ނުވަތަ މެދު ފަންތީގެ ވިޔަފާރި ފެށުމަށް މަގުފަހި ކޮށްދީ، އަމިއްލަ ބާރުވެރިކަން ހޯދުމަށް މަގުފަހި ކޮށްދޭން ބޭނުންވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ބޭނުން ވަނީ މިކަހަލަ ކަންކަން މަގުފަހި ކޮށްދީގެން ކުދި އަދު މެދު ފަންތީގެ ވިޔަފާރި ތަކަށް ކުރިއަށް ދެވޭނެ ގޮތްތަކާއި، އަދި އާންމު ރައްޔިތުންގެ ތެރެއިން ވީހާ ވެސް ގިނަ ރައްޔިތުން ކުދި ކުދި ވިޔަފާރިތައް އަދި މެދު ފަންތީގެ ވިޔަފާރިތައް ފަށަން މަގުފަހި ކޮށްދޭން. އަމިއްލަ ބާރުވެރިކަން ހޯދުމަށް މަގުފަހި ކޮށްދޭން،" ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ބައެއް ކަންކަން ފަހިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައި އެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރާާ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް