Article Top
ޚަބަރު •

އަންނަ އަހަރަށް ލަފާކުރި، 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަންނަ އަހަރަށް ލަފާކުރި، 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކޮށްފައި ވަނީ 65 މެމްބަރުންގެ ވޯޓާ އެކު އެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދީފައި ވަނީ 13 މެމްބަރުންނެވެ.

އަންނަ އަހަރަށް ލަފާ ކުރި ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަަހުގެ 29 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އެވެ. އެއީ މިއަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ ކުޑަ ބަޖެޓެކެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވެފައި ވަނީ، އަންނަ އަހަރުގެ ބަޖެޓުގެ ހުރިހާ އަސާސެއް ބިނާ ކޮށްފައި ވަނީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކުރައްސަވައިފާ 2040 ވަނަ އަހަރު އަންނައިރު ތަރައްޤީ ވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ މަގު ޗާޓެއްގެ ގޮތުގައި އެވެ.

އަންނަ އަހަރުގައި އާމްދަނީ އިތުރުކުރުމަށް އެއްވެސް ޓެކުހެއް މަތިނުކުރުމަށް ނިންމައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދައުލަތުގެ ޓެކުހެގެ ނިޒާމު ހަރުދަނާކޮށް މިހާރު ހުރި ލޫޕް ހޯލްސްތައް ބައްދައި ޒަމާނީ އީ އިންވޮއިސް ނިޒާމެއް ގާާއިމްކުރަން ނިންމައިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް