Article Top

އިންވެސްޓްމެންޓު ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މިދިޔަ ދެ އަހަރު: މިނިސްޓަރު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އިންވެސްޓްމެންޓު ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މިދިޔަ ދެ އަހަރު: މިނިސްޓަރު

"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން ---

އިންވެސްޓުމެންޓު ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މިދިޔަ ދެ އަހަރުކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ރިޔާސަތަށް އައުމުގެ މަސައްކަތްޕުޅު ފެށްޓެވި ހިސާބުން ފެށިގެން ރާއްޖޭގެ އިގުތިޞާދު އެހެން ހަރުފަތަކަށް ގެންދެވުމަށް އައު ތަސައްވުރެއް ކުރައްސަވަމުން ގެންދަވާކަމަށެވެ.

Advertisement
Article Inside

ސައީދު ވިދާޅުވީ އަދި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް، ޤައުމު ކުރިއަށް ގެންދާނެ ސާފު މަންޒަރެއް އެމަނިކުފާނު ސިފަކުރައްވައި، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެންހުރި ފުރުޞަތުތައް ހޯދުމަށް ރެޔާއި ދުވާލު އިރުޝާދު ދެއްވަމުން ގެންދަވާކަމަށެވެ.

މީގެއިތުރުން، ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަށާޖެހޭ ގޮތެއްގައި އިންވެސްޓްމެންޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑެތި އިންވެސްޓްމެންޓުތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކަށްވެސް ފައިދާވާނެ ފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވަޒީރު ވޭތުވެދިޔަ 2 އަހަރަށް ބަލައިފިނަމަ، އެންމެ ބޮޑެތި އިންވެސްޓްމެންޓުތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކާ ހަމައަށް ވަށާޖެހޭ ގޮތެއްގައި މިކަން ސަރުކާރުން ގާއިމުކޮށްދެމުންދާތަން ފެންނަން ހުންނާނެ ކަމަށެވެ.

ސަރުކާރުގެ މަސައްކަތްޕުޅުތަކާއެކު އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކަށްވެސް ފައިދާވާނެހެން، އިންވެސްޓްމެންޓުތައް ގެނެސް ބޮޑު ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގުތިސާދުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުންކަން ފާހަގަކުރެއްވިއެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކާއި ޒުވާނުންނަށްޓަކައި ރައީސް ޚާއްސަ ލަނޑުދަނޑިއެއް ކަނޑައަޅުއްވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް