މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބަހުސް މުބާރާތެއް ބާއްވަނީ
ލިޔުންތެރިޔާ
މަސްވެރިންގެ ދުވަހާ ގުޅިގެން ފިޝަރީޒް މިނިސްޓްރީ އާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ވަނީ ބަހުސެއް ބާއްވަން ނިންމާފައި.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބަހުސް މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީ އިން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީ އިން ބުނެފައި ވަނީ، މި ބަހުސް މުބާރާތް ބާއްވަނީ ދިވެހި ބަހުގެ އެކަޑަމީ އާއި މިނިސްޓްރީ ގުޅިގެން ކަމަށެވެ. ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން، 7 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ބަހުސްގެ ޝިއާރަކީ، "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މިއެވެ.
މި ބަހުސް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް އެ މިނިސްޓްރީ އިން ވަނީ ލިންކެއް ހިއްސާކޮށްފައި އެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ފުރިހަމަ ކުރުމަށް ފަހު، ހުށަހަޅަން ޖެހޭ ތަކެއްވާ އެކު، އަންނަ ނޮވެމްބަރު މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން <https://tinyurl.com/MasveriBahus> މެދުވެރިކޮށް ފޯމު ހުށަހެޅުމެއް ވަނީ އެދިފައި އެވެ.
މި މުބާރާތުގެ ޤަވާއިދު މިނިސްޓްރީ އިން ވަނީ އެ އިއުލާނާ އެކު ހިއްސާކޮށްފައި އެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް www.fishagriocean.gov.mv އިން މުބާރާތުގެ ޤަވާއިދު ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ނަމަ، 3339223 އަދި 3339272އާ ގުޅުއްވުމަށް ވެސް މިނިސްޓްރީ އިން ވަނީ އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް