Article Top
ވިޔަފާރި •

ޓެކުހުގެ އާމްދަނީ އިން ލިބުނު މިންވަރާއި، ހިލޭ އެހީ ލިބުނު މިންވަރު އިތުރުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޓެކުހުގެ އާމްދަނީ އިން ލިބުނު މިންވަރާއި، ހިލޭ އެހީ ލިބުނު މިންވަރު އިތުރުވެއްޖެ

ރާއްޖެ އަށް ޒިޔާރަތް ކުރި ފްލައިޓަކުން ފަތުރުވެރިން ފައިބާ މަންޒަރު.

ޓެކުހުގެ ގޮތުގައި ދައުލަތަކަށް ލިބުނު އާމްދަނީ އާއި، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު އިތުރު ވެފައިވާާ ކަމަށް، ފިނޭންސް މިނިސްޓްރީ އިން ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު، މި ހިނގާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ވަނީ 31.5 ބިލިއަން ރުފިޔާ ލިބިފައި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެއްކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 30.6 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއަހަރު ލިބުނު އަދަދު ވަނީ 3 އިންސައްތަ އިތުރުވެފައި އެވެ.

Advertisement
Article Inside

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދައުލަތަށް އާމްދަނީ އަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 24 ބިލިއަން ރުފިޔާ އެވެ. މިއީ ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވުމެއްކަން ފާހަގަ ކުރެވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ އާމްދަނީ އިން 22 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މި ވަނީ 7.3 އިންސައްތަ އިތުރުވެފައި އެވެ.

މިއަހަރުގެ މި މުއްދަތުގައި ޓެކުހުގެ އާމްދަނީ އިން ލިބުނު މިންވަރު އިތުރުވެފައި ވީ ނަމަވެސް، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ ދަށްވެފައި އެވެ. އެގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މިއްދަތުފައި ލިބިފައި ވަނީ 7.6 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް