ލަންކާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ އަސާސީ ބޭސް ހަދިޔާ ކޮށްފި
ލިޔުންތެރިޔާ
ލަންކާ އިން ރާއްޖެ އަށް ބޭސް ހަދިޔާ ކުރުމުގެ ތެރެއިން.
އަވަށްޓެރި ސްރީ ލަންކާގެ ސަރުކާރުން، ދިވެހިރާއްޖެ އަށް ގިނަ އަދަދެއްގެ އަސާސީ ބޭސް ހަދިޔާކޮށްފި އެވެ.
މިތަކެތި ލަންކާގެ ފަރާތުން ރާއްޖެ އަށް ހަދިޔާކޮށްފައި ވަނީ، އެ ޤައުމުގެ ހެލްތު މިނިސްޓްރީ އިންނެވެ. މިއީ ފަސް މިލިއަން ރުޕީސްގެ އަސާސީ ބާވަތްތަކުގެ ބޭހެވެ. ލަންކާ އިން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ހެލްތު މިނިސްޓަރު ޤީލާ އަލީގެ އެދިވަޑައިގެންނެވުމަށް ހަދިޔާކޮށްފައިވާ ތަކެތި ކަމަށެވެ.
މި ބޭސް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންކާގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވީ އެ ޤައުމުގެ ހެލްތު މިނިސްޓަރު ޑޮކްޓަރު ނަލިންދާ ޖަޔަތިއްސަ އެވެ. އަދި ރާއްޖޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެފައި ވަނީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ. ލަންކާގެ މި އެހީއާ ގުޅިގެން ސަފީރު ވަނީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ލަންކާ އަކީ އަބަދު ވެސް ރާއްޖެއާ ގާތް ގުޅުމެއް އޮންނަ، އަދި ގިނަ ކަންކަމުގައި ރާއްޖެ އަށް އެހީތެރިކަން ދެމުން އަންނަ ޤައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް