Article Top
ޚަބަރު •

ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް ދިން ހަމަލާ ރާއްޖެ އިން ކުށްވެރި ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް ދިން ހަމަލާ ރާއްޖެ އިން ކުށްވެރި ކޮށްފި

ރައީސް ޑޮކްޓަރު މުޢިއްޒު އާއި، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނު ހަމަލާތަކާއެކު، އެ ގައުމުގެ މަދަނީ އަދި އިޤްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން އިން މެދު ނުކެނޑި ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސައުދީ އަރަބިއްޔާގެ އިސްތިޤުލާލާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އުނިކަން ލިބޭ ގޮތަށް ތަކުރާރުކޮށް ދެމުންދާ މި ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ދެވޭ ހަމަލާތަކެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

އާންމު ރައްޔިތުންގެ ފުރާނަ އަށް ނުރައްކާވެ، ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ދުޝްމަނު އަމަލުތައް ވަގުތުން ހުއްޓާލުމަށް ދިވެހިރާއްޖެ އިން ވަނީ ގޮވާލާފައި އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުން ތިބީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ފުރިހަމަ އެއްބައިވަންތަ ކަންމަތީގައި ކަމަށް ހާމަކުރަމުން، އެ ޤައުމުގެ އިސްތިޤުލާލާއި ސަލާމަތާއި ސަރަހައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށާއި، ދެ ހަރަމްފުޅުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސައުދީ ސަރުކާރުން އަޅަމުންދާ ހުރިހާ ފިޔަވަޅު ތަކަށް ރާއްޖެ އިން ދެމުންގެންދާ ފުރިހަމަ ތާއީދު އައު ކުރާ ކަމަށް ވަނީ ފާހަގަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް