ސްޓެލްކޯ އިން ކެލަޔަށް 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ގެންގޮސްފި
ލިޔުންތެރިޔާ
ސްޓެލްކޯ އިން ކެލަޔަށް ގެންދިޔަ އައު ޖަނަރޭޓަރު ސެޓު ބޭލުމުގެ ތެރެއިން.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހއ. ކެލަޔަށް އައު ޖަނަރޭޓަރު ސެޓެއް ގެންގޮސްފި އެވެ.
ސްޓެލްކޯ އިން ބުނެފައި ވަނީ، ކެލާގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށް، އެ ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އައު ޖަނަރޭޓަރު ސެޓެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ކަމަށާއި، އެ ޖަނަރޭޓަރު ސެޓު ބޭނުން ކުރަން ފެށުމާ އެކު އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، އެކަމުގެ ފަސޭހަ ރައްޔިތުންނަށް ވާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ފެނަކަ ކޯޕަރޭޝަން އުވާލުމަށް ފަހު، މުޅި ރާއްޖޭގެ ޔުޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައި އެވެ. އެއާއެކު ސްޓެލްކޯ އިން މިހާރު ވަނީ، މުޅި ރާއްޖޭގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ހަވާލުވެފައި އެވެ. އަދި ރަށް ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފަސޭހަ އިން ދިނުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސްޓެލްކޯގެ އެންމެ ބޮޑު އަމާޒަކީ މުޅި ރާއްޖެ އަށް ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް އިތުބާރާ އެކު ދީ، ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އެ ކުންފުންޏެއްގެ ދަށަށް ބަދަލު ކުރުމާ އެކު، ކުރިއަށް އޮތް ތަނުގައި އެކަމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް