Article Top
ޚަބަރު •

އަސްކޮއެގެ މައްޗަށް ޚިޔާނާތުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަސްކޮއެގެ މައްޗަށް ޚިޔާނާތުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި

އުމްރާ އަށް ދާން ފުރަން ތިބި ދިވެހިންތަކެއް.

އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އެ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުވާ ކޮށްދިނުމަަށް އެދި ފޮނުވައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އާދީއްތަ ދުވަހު ބުނެފައި ވަނީ، އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި، އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ 2025 ޖުލައި 16 ވަނަ ދުވަހު އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވަނީ 2026 ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

އަސްކޮއެ ޓްރެވަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި އުމްރާ އަށް ދިއުމަށް 109 މީހަކު ފައިސާ ދައްކާފައިވާ ކަމާއި، އެ ފައިސާ އަށް އެ ކުންފުނިން ހިޔާނާތްތެރިވެފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައި އެވެ. އެ ފައިސާގެ އަދަދު 2،660،300 ރުފިޔާ (ދެމިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިން ސަތޭކަ ރުފިޔާ) އަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް