Article Top
ޚަބަރު •

ވަށަފަރު ފިޓްނަސް ސެންޓަރުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވަށަފަރު ފިޓްނަސް ސެންޓަރުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް

ވަށަފަރުގައި އިމާރާތް ކުރަމުން އަންނަ ފިޓްނަސް ސެންޓަރު.

ހއ.ވަށަފަރުގައި ތަރައްޤީ ކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް ދަމުން އަންނަ ކަމަށް ހާމަކޮށްފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމު ކުރުމަށް ސަރުކާރުން ކުރިއަށް ގެންދަމުން އަންނަ މަޝްރޫއުގެ ތެރެއިން، ވަށަފަރުގެ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

ސަރުކާރުން އަންނަނީ ޒަމާނީ ފެންވަރުގެ ފިޓްނަސް ސެންޓަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކުރަމުންނެވެ. މިގޮތުން ޤާއިމު ކުރެވޭ ފިޓްނަސް ސެންޓަރު ތަކުގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްރަތު ކުރަން ބޭނުންކުރާ ސާމާނުތަކާއި، ޖިމް ވަސީލަތްތައް ހިމެނެ އެވެ. މީގެ އިތުރުން ކުޅިވަރު ކުޅުމަށް ވެސް ޚާއްސަ ސަރަހައްދެއް މި ސެންޓަރު ތަކުގައި ހިމަނާފައިވެ އެވެ.

ވަށަފަރުގައި ފިޓްނަސް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރަމުން އަންނައިރު، އެ ކުންފުނިން ވަނީ އެ ރަށުގައި އައުޓްޑޯ ވޮލީ ކޯޓެއް ވެސް ޤާއިމުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް