ވަށަފަރު ސްކޫލް މަލްޓިޕާޕަސް ހޯލް: މިހާރު ކުރިއަށް ދަނީ ބިން ސާފު ކުރުމުގެ މަސައްކަތް
ލިޔުންތެރިޔާ
ވަށަފަރު ސްކޫލުގައި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމަށް ސާފު ކުރަމުން އަންނަ ބިން.
ހއ.ވަށަފަރުގައި އިމާރާތް ކުރުމަށް ހަމަޖެހައިވާ މަލްޓިޕާޕަސް ހޯލް އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މަލްޓިޕާޕަސް ހޯލް އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު އެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައި އެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލް އާއި، ސްކޫލާއި، ކުލަބު ޖަމިއްޔާތަކުގެ އިތުރުން، އާންމު ރައްޔިތުން އެކުވެގެންނެވެ.
ވަށަފަރު ސްކޫލުގައި މަލްޓިޕާޕަސް ހޯލް ޤާއިމުކުރުމާ އެކު، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަަމަށް ބޮޑު ޙައްލެއް ލިބިގެންދާނެ އެވެ. އެގޮތުން ސްކޫލުގެ އެސެމްބްލީ ބޭއްވުމާއި، އިންޑޯ ކުޅިވަރު ތަކުގެ އިތުރުން، ޖަލްސާތައް ބޭއްވުމަށް ވެސް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ބިން ސާފުކުރުމުގެ މަސައްކަތް ނިމުމާ އެކު، ދެން އޮންނާނީ މަލްޓިޕާޕްސް ހޯލް އެޅުމަށް ބަޔަކާ މަސައްކަތް ހަވާލު ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް