Article Top
ޚަބަރު •

ސްޓެލްކޯގެ އެމްޑީ އަޒުވަރު، ހޯރަފުށީ ކައުންސިލާ ބައްދަލު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސްޓެލްކޯގެ އެމްޑީ އަޒުވަރު، ހޯރަފުށީ ކައުންސިލާ ބައްދަލު ކުރައްވައިފި

ސްޓެލްކޯގެ އެމްޑީ އަޒުވަރު، ހޯރަފުށީ ކައުންސިލްއާ ބައްދަލު ކުރައްވަނީ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު، ހއ.ހޯރަފުށީ ކައުންސިލްއާ ބައްދަލު ކުރައްވައިފި އެވެ.

ހއ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އަޒުވަރު ހޯރަފުއްޓަށް ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ރޭ އެވެ. އޭގެ ކުރިން އަޒުވަރު ވަނީ އެ އަތޮޅު ވަށަފަރަށް ވެސް ވަޑައިގެންފައި އެވެ. އެ ރަށަށް ކުރެއްވި ޒިޔާރަތުގައި އަޒުވަރު ވަނީ އެ ރަށުގައި ހުރި ސްޓެލްކޯގެ ތަންތަނަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ހޯރަފުއްޓަށް ވަޑައިގެން އަޒުވަރު ވަނީ އެ ރަށު ކައުންސިލްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. އެ ބައްދަލުވުމުގައި ވަނީ ހޯރަފުށީގެ ތަރައްޤީ އަށް ސްޓެލްކޯގެ ފަރާތުން ކުރަމުންދާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި އެވެ.

ސްޓެލްކޯގެ އެމްޑީ އަޒުވަރު އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާއިރު، އެ ކުންފުނިން މިހާރު ވަނީ މުޅި ރާއްޖޭގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ހަވާލުވެފައި އެވެ. އެގޮތުން މީގެ ކުރިން ފެނަކައިގެ ބެލުމުގެ ދަށުން ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދެމުން އައި ރަށްތައް ވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައި އެވެ.

ސްޓެލްކޯގެ އަމާޒަކީ، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ދިނުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް