Article Top
ޚަބަރު •

ދައުލަތަށާއި ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް މަރުޙަބާ ކިޔައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދައުލަތަށާއި ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް މަރުޙަބާ ކިޔައިފި

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ކުންފުނީގެ ފަރާތުން ހޫނު މަރުޙަބާއެއް އަރިސްކޮށްފިއެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުންޏަށާއި ދައުލަތަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި، މި އަހަރުގެ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ޙާޞިލުކުރެއްވި ހަތަރު މުވައްޒަފަކަށް މަރުޙަބާ ކިޔައި، އެ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށްފައެވެ. އެގޮތުން މަރުޙަބާ އަރިސްކޮށްފައިވަނީ:

  • އަލްފާޟިލް މުޙައްމަދު އާދަމް

  • އަލްފާޟިލް އިބްރާހިމް ރަޝީދު

  • އަލްފާޟިލް މުޙައްމަދު އިބްރާހިމް

  • އަލްފާޟިލް ޢަބްދުﷲ ޢާމިރު

މި ބޭފުޅުންނަށް ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަރުވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި އިނާމު އެ ބޭފުޅުންނަށް އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ސްޓެލްކޯގެ ބޯޑާއި، މެނޭޖްމަންޓްގެ އިސްވެރިންނާއި މުވައްޒަފުންގެ ނަމުގައި އެ ފަރާތްތަކަށް މަރުޙަބާ ދަންނަވަމުން އެ ކުންފުނިން ބުނެފައިވަނީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަތިވެރި ރޫޙެއްގައި ސާބިތުކަންމަތީ ދެމިތިއްބަވައިގެން އެ ބޭފުޅުން ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ޤައުމީ ޚިދުމަތް ކުންފުނިން ބަލައިގަންނަނީ ނުހަނު ފަޚުރާއި ޝުކުރުވެރިކަމާއެކު ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް