Article Top
ޚަބަރު •

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބުކުރާއިރު، "އޮނަރަބަލް" ބޭނުން ކުރަން އަންގައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބުކުރާއިރު، "އޮނަރަބަލް" ބޭނުން ކުރަން އަންގައިފި

ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތެއްގައި ބައެއް ފަނޑިޔާރުން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބުކުރާއިރު، ނަމުގެ ކުރިއަށް "އޮނަރަބަލް" ލަޤަބު ބޭނުން ކުރަން އަންގައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގާފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާާރުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު އެ ބޭފުޅުންގެ ނަމުގެ ކުރިއަށް "އޮނަރަބަލް" ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު، އެ ބޭފުޅެއްގެ ނަމުގެ ކުރިއަށް ކިޔަން ޖެހެނީ މަޤާމު އެކަންޏެވެ.

ޖޭއެސްސީ އިން ބުނެފައި ވަނީ، ހައި ކޯޓާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު، މަޤާމުގެ ނަމާ އެކު އަލްއުސްތާޛް ނުވަތަ އަލްއުސްތާޛާ ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. ނުވަތަ ޑޮކްޓަރުގެ ލަޤަބު ބޭނުން ކުރަން ޖެހޭ ނަަމަ، އެ ލަޤަބު ބޭނުން ކުރަން ވެސް ވަނީ އަންގައިފަ އެވެ. ޖޭއެސްސީ އިން ބުނީ ދިވެހި ބަހުން އަދި އިނގިރޭސި ބަހުން މުޚާތަބު ކުރާއިރު ވެސް، އެ ލަޤަބު ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް