Article Top
ޚަބަރު •

ތާރީޚީ ކާމިޔާބެއް، ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އިން މައްޗަށް!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ތާރީޚީ ކާމިޔާބެއް، ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އިން މައްޗަށް!

ޕީއެންސީ އިން ބޭއްވި ހިނގާލުމެއްގައި ރައީސް މުޢިއްޒު.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރުންގެ އަދަދު 100،000 އަށް އަރައިފި އެވެ.

ޕީއެންސީ އަށް 100،000 މެމްބަރުން ހަމަވެފައި ވަނީ މިރޭގެ ވަގުތެއްގައި އެވެ. އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެންސީގެ މެމްބަރުންގެ އަދަދަކީ، 100،083 އެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި އެއް ލައްކަ މެމްަބަރުން ހަމަވީ ފުރަތަމަ ފަހަރެވެ.

ޕީއެންސީ އުފައްދާފައި ވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޕީއެންސީ އިން އެއް ލައްކަ މެމްބަރުން ހަމަކޮށްފައިވާއިރު، އެ ޕާޓީގެ ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ، މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ ޕީއެންސީ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް