Article Top
ޚަބަރު •

ކޮޕް 29ގެ ދަށުން ރާއްޖެ އަށް ހިލޭ އެހީ ލިބިއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކޮޕް 29ގެ ދަށުން ރާއްޖެ އަށް ހިލޭ އެހީ ލިބިއްޖެ

މޮބިލައިޒިން ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޯ ސިޑްސްގެ މަތީ ފެންވަރުގެ ބައްދަލުވުމުގެ ތެރެއިން.

މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ހަކަތަ އާއި ފެނާއި ނަރުދަމާގެ ޚިދުމަތްތަކުގެ އިތުރުން، ގެދޮރުވެރިކަމުގެ ދާއިރާ އަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ކޮޕް 29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ފޯ ސިޑްސް ގުޅިގެން ދޭ ހާއްސަ ހިލޭ އެހީއަކަށް ދިވެހިރާއްޖެ ހޮވިއްޖެ އެވެ.

މިކަން ރަސްމީކޮށް އިއުލާނު ކޮށްފައި ވަނީ ތިމާވެށީގެ ބައިނަލްއަޤުވާމީ ސަމިޓުގެ ހަވާސާގައި ބޭއްވުނު "މޮބިލައިޒިން ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޯ ސިޑްސް"ގެ މަތީ ފެންވަރުގެ ބައްދަލުވުމުގައި އެވެ.

އެ އިވެންޓުގައި ވާހަކަ ދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ވަނީ، ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމު ތަކަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން އިތުރު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި އެވެ.

މި ހިލޭ އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށް ރަށުގައި މޫސުމީ ބަދަލުތަކަށް ފެތޭނޭހެން ޔުޓިލިޓީ ޚިދުމަތްތައް ތަރައްޤީ ކުރުމަށާއި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ބޯހިޔާވަހިކަމުގެ މަޝްރޫއު ތަކަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް