Article Top
ޚަބަރު •

ރާއްޖެ އާއި ފްރާންސްއާ ދެމެދު ލެޓާ އޮފް އިންޓެންޓް އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަން ގައި ސޮއި ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރާއްޖެ އާއި ފްރާންސްއާ ދެމެދު ލެޓާ އޮފް އިންޓެންޓް އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަން ގައި ސޮއި ކޮށްފި

ދިވެހި ސަރުކާރާއި ފްރާންސް ސަރުކާރާ ދެމެދު ލެޓާ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް ގައި ސޮއި ކުރުމުގެ ތެރެއިން.

ދިވެހި ސަރުކާރާއި ފްރާންސް ސަރުކާރާ ދެމެދު "ލެޓާ އޮފް އިންޓެންޓް އޮން ދަ އެސްޓެބްލިޝްމެންޓް އޮފް ޕޮލިޓިކަލް ކޮންސަލްޓޭޝަންސް" ގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އަދި ފްރާންސް ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ފްރާންސް އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެމީ ލެމްބާޓް އެވެ.

މި ލެޓާ އޮފް އިންޓެންޓް ގައި ސޮއި ކުރުމުގެ ސަބަބުން ދިވެހިރާއްޖެ އާއި ފްރާންސްއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ލާބަ އާއި މަންފާހުރި ދާއިރާ ތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެ އެވެ.

މީގެ އިތުރުން، މި އެއްބަސްވުމުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދެ ފަރާތުން ވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާކަން ރަމްޒުކޮށްދެ އެވެ.

މި ލެޓާ އޮފް އިންޓެންޓް ގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް ވަނީ ދިވެހިރާއްޖެ އާއި ފްރާންސްއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބައިނަލްއަޤުވާމީ ބޮޑެތި މައްސަލަތަކުގައި ދެ ޤައުމުން ދެކޭ ގޮތް އެއްގޮތްކަން ފާހަގަ ކުރައްވާފައި އެވެ. އަދި ފަލަސްޠީންއާ ބެހޭ ކަންކަމުގައި ފްރާންސް އިން ކުރާ މަސައްކަތް ބަލައި ގަންނަކަން މިނިސްޓަރު އިރުތިޝާމް ފާހަގަ ކުރައްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް