Article Top
ޚަބަރު •

42 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ހަވާލުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

42 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ހަވާލުކޮށްފި

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ލިޓަސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.

ރާއްޖޭގެ 42 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުތައް (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު) ޤާއިމު ކުރުމަށާއި، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި، ލިޓަސް ކޮންސްޓްރަކްޝަންގެ އިސްވެރިން ވަނީ ސޮއި ކޮށްފައި އެވެ.

މި މަޝްރޫއުގެ ދަށުން ކަނޑައެޅިފައިވާ 42 ރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އިމާރާތް ކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމާއި، ވަސީލަތްތައް އަލުން ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ އެންމެހާ މެޝިނަރީޒް އާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤުސަދަކީ ރަށް ރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލަ އަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ޙައްލެއް ހޯދައި ދިނުމާއި، ރަށް ރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލް ތަކަށް އެހީތެރިވެދިނުމެވެ.

މީގެ އިތުރުން މިއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށާއި، ރަށް ރަށުގެ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް