މެލޭޝިޔާ އިން އައި ދިވެއްސެއްގެ އަތުން 3.2 ކިލޯގެ ހެރޮއިން އަތުލައިގެންފި
ލިޔުންތެރިޔާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއިން.
މެލޭޝިޔާ އިން ރާއްޖެ އައި ދިވެއްސެއްގެ އަތުން 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން އަތުލައިގެންފައި ވަނީ 3.2 ކިލޯގެ ހެރޮއިންނެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި ފެނިފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަމަށެވެ. އެެގޮތުން އޭނާގެ ލަގެޖުގައި ރައްކާ ކޮށްގެން މަސްތުވާތަކެތި ގެނައި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އެ ތަކެތި ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
މި މައްސަލައިގައި އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް