Article Top
ޚަބަރު •

10 އަހަރުން ދަރަނި ދެއްކި އަދަދަށް ވުރެ އިތުރަށް، މިދިޔަ ތިން އަހަރު ދަރަނި ދައްކައިފިން: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

10 އަހަރުން ދަރަނި ދެއްކި އަދަދަށް ވުރެ އިތުރަށް، މިދިޔަ ތިން އަހަރު ދަރަނި ދައްކައިފިން: ރައީސް މުޢިއްޒު

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

10 އަހަރު ދުވަހުގެ ތެރޭގައި ދަރަނި ދެއްކި އަދަދަށް ވުރެ އިތުރަށް، މިދިޔަ ތިން އަހަރުގެ ތެރޭގައު ދަރަނި ދައްކާފައި ވާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު އެހެން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ދަރަނި ދެއްކުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައި ވާނެ ކަމަށެވެ. މިއަހަރަކީ ދިވެހިރާއްޖެ އިން ސުކޫކު ދައްކަން ޖެހޭ އަހަރަށް ވުމާ އެކު، މިއަހަރު އަމާޒު ކަނޑައެޅީ ދަރަނިތައް އަދާކުރުމަށް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އެގޮތުން މިއަހަރު އެކަނި ވެސް ދަރަނީގެ ގޮތުގައި، ކަރަންސީ ސްވޮޕް ހިމޭހެން 1.45 ބިލިއަން އެމެރިކާ ޑޮލަރު ދައްކާފައި ވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ދަރަނީގެ ގޮތުގައި މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދެއްކި އަދަދަކީ، މީގެ ކުރީގެ 10 އަހަރުގެ ތެރޭގައި ދެއްކި އަދަދަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

އެގޮތުން އެ އަދަދަކީ މީގެ ކުރީގެ 10 އަހަރުގެ ތެރޭގައި ދެއްކި އަދަދަށް ވުރެ، 183 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެ ހުރިހާ ކަމެއް ކުރަމުން އަދި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ދަރަނީ ކުޑަ ކުރަމުން ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ ކަމަށެވެ.

ހަމައެހެންމެ، އެކަމުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑު ތަނުން ރަނގަޅު ވެގެން ދާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. މި ސަރުކާރުން ދައުލަތުގެ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް މެދު އިރުމަތީގެ ހަނގުރާމަ އާއި، ދަރަނި ދެއްކުމުގެ ކަންތައްތަކާ އެކު ރިޒާވް ކުޑަވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އަނެއްކާ ވެސް އަންނަ އަހަރު ރިޒާވް ރަނގަޅު ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް