Article Top
ޚަބަރު •

އިސްރާއީލަށް ރާއްޖޭގައި ފުރުސަތެއް ނޯންނާނެ، ޤާނޫނުން ވެސް އެކަން ކަށަވަރު ކުރާނަން: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިސްރާއީލަށް ރާއްޖޭގައި ފުރުސަތެއް ނޯންނާނެ، ޤާނޫނުން ވެސް އެކަން ކަށަވަރު ކުރާނަން: ރައީސް މުޢިއްޒު

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު.

ދިވެހިރާއްޖޭގައި އިސްރާއީލް އަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށާއި، ޤާނޫނުން ވެސް އެކަން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކޮށްފައި އޮންނާނީ ޤައުމަށް އެންމެ ފައިދާވާ ގޮތަށް ކަމަށެވެ. އެއީ މޯލްޑިވްސް ފަސްޓް ސިޔާސަތެއް ކަަމަށާއި، ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަން ރަތް ރޮނގު ހުރަސްކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖެ އަށް ފައިދާވާ ކަންކަމުގައި އެކި އެކި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި، ޚާއްސަކޮށް އިސްލާމީ ޤައުމުތަކާ އެކު ގާތް ގުޅުމެއް މި ސަރުކާރުން ގެންގުޅޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ. އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެންމެ ޤައުމެއް ފިޔަވައި އެހެން ހުރިހާ ޤައުމުތަަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރު ދެމި އޮތްހާ ހިނދަކު އިސްރާއީލް އަށް ދިވެހިރާއްޖެ އިން އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަން ޔަޤީންކޮށް، ކަށަވަރު ކުރުމަށްޓަކައި ޤާނޫނުތައް ވެސް ވަރުގަދަ ކުރައްވާނެ ކަަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

އިސްރާއީލްއާ ދެކޮޅަށް ފާޅުގައި ވަރަށް ވަރުގަދަ އަށް ރައީސް މުޢިއްޒު ވާހަކަ ދައްކަވާއިރު، އެމަނިކުފާނު ވަނީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފައި އެވެ. އަދި ދާދި ފަހުން ސަރުކާރުގެ ފަރާތުން ހުށަހެޅި އިމިގްރޭޝަންގެ ޤާނޫނުގައި ވެސް ވަނީ، ވަކި މުއްދަތެއް ނެތް ގޮތަށް، އުމުރު ދުވަހަށް އިސްރާއީލްގެ މީހުންނަށް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށް ހިމަނައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް