Article Top
ކުޅިވަރު •

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސުރޭޝް ރައިނާ ދިރާގު ޖޫނިއާ އޯޕަންގެ މެޑަލްތައް އިފްތިތާހުކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސުރޭޝް ރައިނާ ދިރާގު ޖޫނިއާ އޯޕަންގެ މެޑަލްތައް އިފްތިތާހުކޮށްފި

ދިރާގު ޖޫނިއާ އޯޕަންގެ މެޑަލްތައް.

އަންނަ ޑިސެމްބަރު މަހު މާލޭގައި ބާއްވާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026" ގެ މެޑަލްތައް، އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ މަޝްހޫރު ތަރި ސުރޭޝް ރައިނާ އޭނާގެ ރަސްމީ "އެކްސް" އެކައުންތް މެދުވެރިކޮށް އިފްތިތާހު ކޮށްދީފި އެވެ.

މެޑަލްތަކުގެ ފޮޓޯއާއެކު ރައިނާ ވަނީ، މި މުބާރާތް އިންތިޒާމުކުރާ "ދަ ބެޑްމިންޓަން ކްލަބް" ގެ ބާނީ އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފަށް ހާއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.

"އަހަރެންގެ އަހު އަހުމަދު މަހުލޫފްގެ ކްލަބުން އިންތިޒާމުކުރާ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގެ މެޑަލްތައް ދައްކާލުމުގެ ފުރުސަތު ދިނީތީ ޝުކުރު އަދާކުރަން،" ރައިނާ ލިޔެފައިވެއެވެ.

ޑިސެމްބަރު 13 އިން 19 އަށް މާލޭގައި ކުރިއަށްދާ މި މުބާރާތުގައި މިހާތަނަށް އަށް ގައުމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން ގަތަރު، އިންޑިއާ، ސްރީލަންކާ، ބަހްރޭން، އަރްމީނިއާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް