Article Top
ކުޅިވަރު •

އެފްއޭއެމް ވިމެންސް ލީގުގައި ނިއު ރޭޑިއަންޓް ރެކޯޑް މޮޅެއް ހޯދައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެފްއޭއެމް ވިމެންސް ލީގުގައި ނިއު ރޭޑިއަންޓް ރެކޯޑް މޮޅެއް ހޯދައިފި

ނިއު އާއި ގްރާންޑޭ ރޭ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް

އެފްއޭއެމް ވިމެންސް ލީގު 2026 ގައި ރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ 15-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރެކޯޑް މޮޅެއް ހޯދައިފި އެވެ.

މިއީ ވިމެންސް ލީގުގެ ތާރީހުގައި ވެސް ފެނުނު އެންމެ ބޮޑު މޮޅެވެ. މިދިޔަ އަހަރު ވިމެންސް ލީގު ބާއްވަން ފަށާފައި ވާއިރު، ރޭގެ މެޗުގެ ކުރިން އެންމެ ބޮޑު މޮޅެއް ހޯދާފައި ވަނީ މާޒިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ލީގުގައި 10-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ނަމަވެސް ރޭ ނިއު އިން މި ވަނީ ރެކޯޑް މުގުރާލައިފަ އެވެ.

ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ނިއުރޭޑިއަންޓް ވަނީ ފުރަތަމަ ހާފުގައި ހަތް ގޯލުގެ ލީޑެއް ނަގައިފަ އެވެ. އަދި ދެވަނަ ހާފުގައި އެ ޓީމުން އިތުރު 8 ލަނޑު ކާމިޔާބު ކުރި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިއުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސުމާޔާ މަޓްސުޝިމާ އެވެ. އޭނާ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މައިޝާ އަބްދުލް ހަންނާން އާއި ބަންގްލަދޭޝް ފޯވާޑް ސަބީނާ ކަތުން ތިން ލަނޑު ޖެހިއިރު، މަރިޔަމް ނޫރާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި އާމިނަތު ފަޒްލާ އާއި ސުމާ މުހައްމަދާއި ބަންގްލަދޭޝް ކުޅުންތެރިޔާ މަސުރާ ޕަރްވީން މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖަހާފައިވެ އެވެ.

މިއާ އެކު ނިއު އާއި މާޒިޔާ ފުރަތަމަ މެޗު ކާމިޔާބު ކޮށްގެން ތިން ޕޮއިންޓް ހޯދާފައި ވާއިރު، ދަ ގްރާންޑޭ އާއި އެމްއެސް މޭޓްސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގައި ދެން ކުޅުން އޮންނާނި ބުދަ ދުވަހު އެވެ. ބުދަ ދުވަހު ހަވީރު 4:00 ގައި މާޒިޔާ ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. އަދި ބުދަ ދުވަހުގެރޭ 8:00 ގައި ނިއުރޭޑިއަންޓް ބައްދަލުކުރާނީ އެމްއެސް މޭޓްސްއާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް