ގައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ޖީހާނާއި ރައުފާއަށް؛ ޓީމް އިވެންޓް ކާމިޔާބުކުރީ އެމްއައިބީ
ލިޔުންތެރިޔާ
މުބާރާތުގެ ކްލޯޒިން ސެރެމަނީގެ ތެރެއިން -- ފޮޓޯ/ ޕޫލް ބިލިއާޑް އެސޯސިއޭޝަން
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބިލިއާޑް މުބާރާތް 2026 ގެ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން އިސްމާއީލް ޖީހާން ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ރައުފާ މުހައްމަދު ހާފިޒު ހޯދައިފި އެވެ.
މީގެ އިތުރުން މުބާރާތުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
މާލޭ ޕޫލް ބިލިއާޑް ހޯލުގައި އޮކްޓޫބަރު 16 އިން ނޮވެމްބަރު 14 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފައިނަލުގައި މުހައްމަދު ދުންޔާޒާ ވާދަކޮށް ޖީހާން ތަށި އުފުލާލިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން މުޅިން އަލަށް ރައުފާ ހޯދީ ތަޖުރިބާކާރު ކުޅުންތެރިޔާ ދީނާ އަހުމަދު ބަލިކޮށްގެންނެވެ.
ޓީމް އިވެންޓްގެ ފޯރިގަދަ ފައިނަލުގައި، މީގެ ކުރިން ދެފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް އެމްއައިބީ ސްޓާފް އެސޯސިއޭޝަން (މިބްސާ) އިން ކުރިހޯދީ 3-2 ގެ ހަނި ތަފާތަކުންނެވެ. ޓީމް އިވެންޓްގެ ތިންވަނަ ހޯދީ ކްލަބް ޓީނޭޖެވެ.
މި އަހަރުގެ ގައުމީ މުބާރާތުގައި ޖުމްލަ 128 ކުޅުންތެރިން ވާދަ ކޮށްފައިވެ އެވެ.
އެހެނިހެން ވަނަތައް:
ފިރިހެން ދެވަނަ ޑިވިޝަން ސިންގަލްސް ޗެމްޕިއަން: އިބްރާހީމް އާފީ
ފިރިހެން ޑަބަލްސް ޗެމްޕިއަން: އިސްމާއީލް ޖީހާން އަދި ޢަބްދުﷲ އަފީފް
އަންހެން ޑަބަލްސް ޗެމްޕިއަން: އައިޝަތު އަލީ އަދި ފާތިމަތު ޝަހުލާ
މިކްސްޑް ޑަބަލްސް ޗެމްޕިއަން: އައިމިނަތު އަޒްރާ އަދި ހަސަން ޝާޒް މުހައްމަދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް