Article Top
ޚަބަރު •

ރަމަޟާން މަހަށް މިސްކިތްތައް މަރާމާތު ކުރުމަށް، "އުރީދޫ މަސްޖިދާނު" އިފްތިތާހު ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރަމަޟާން މަހަށް މިސްކިތްތައް މަރާމާތު ކުރުމަށް، "އުރީދޫ މަސްޖިދާނު" އިފްތިތާހު ކޮށްފި

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން، ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމަށް "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދިނުމުގެ މަޤުސަދުގައި، އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

Advertisement
Article Inside

މި އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ، އިސްލާމިކް މިނިސްޓްރީ އާއި އުރީދޫ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. މިއީ ދީނީ އިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.

"އުރީދޫ މަސްޖިދުނާ"ގެ ދަށުން، ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް މިސްކިތެއް މަރާމާތު ކުރުމަށް އުރީދޫ މޯލްޑިވްސް އިން އަމާޒުކޮށްފައިވާއިރު، މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ކުރިންނެވެ.

"އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އަކީ، ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތްތެއް ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން މި ގުޅުމުގެ ތެރެއިން، މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުން ކަމަށް ވެސް ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް