ރާފިޢު، ޒަރީރު އަދި ޝަރީފް ބައިވެރިވެވަޑައިގަންނަވާ "އަހާ" ފޯރަމް އާދީއްތަ ދުވަހުގެ ރޭ
ލިޔުންތެރިޔާ
"އަހާ" ފޯރަމްގެ 10 ވަނަ ބައްފަދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ތިން މިނިސްޓަރުން.
ސަރުކާރުން ބާއްވަމުން އަންނަ މިނިސްޓަރުންގެ "އަހާ" ފޯރަމްގެ އިތުރު ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހާއި، ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމް އަކީ، ރައްޔިތުންގެ ސުވާލުތަކަށް ސީދާ މިނިސްޓަރުން ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަމުގެ ސުވާލާއި، ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓަރުންނާ ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
މިހާތަނަށް "އަހާ" ފޯރަމްގެ ނުވަ ބައްދަލުވުން ބާއްވާފައިވާއިރު، އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ ރޭ މި ސިލްސިލާގެ 10 ވަނަ ބައްދަލުވުން އޮންނާނެ ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެފައިވެ އެވެ. އެ ބައްދަލުވުމުގައި ވެސް ތިން މިނިސްޓަރަކު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެގޮތުން މިފަހަރުގެ "އަހާ" ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވަނީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު އަދި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް އެވެ.
މި ފޯރަމްގައި އެތަނަށް ހާޒިރުވެ ސުވާލު ކުރުމުގެ ފުރުސަތު އޮންނައިރު، ސޯޝަލް މީޑިިއާގެ ފްލެޓްފޯމްތައް މެދުވެރިކޮށް ވެސް ސުވާލު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާނެ އެވެ. ފޯރަމް ފެށުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުގެ ރޭ 21:00 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް